ކޮވިޑް ބަލިން ފަސޭހަވެ މިނިސްޓަރު ޔުމްނާ ވެސް އެނބުރި މަސައްކަތަށް

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑް-19 ބަލިން ރަނގަޅުވެ، މަސައްކަތަށް އެނބުރި ވަޑައިގެންފިއެވެ.
ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޔާ ގުޅިގެން އެކަހެރިވެވަޑައިގެން ހުންނެވުމަށް ފަހު، އެނބުރި އޮފީހަށް ވަޑައިގެންނެވިއްޖެ ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅުކަން ފާހަގަކުރައްވައި ކޮވިޑާއި އެހެނިހެން ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް އަވަސް ޝިފާއަކަށް ވެސް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރު ޔުމްނާ ކޮވިޑަށް ފައްސިވިކަން ހާމަކުރެއްވީ މީގެ ފަސް ދުވަސް ކުރިންނެވެ. ކޮވިޑް ބަލިން ރަނގަޅުވުމުން، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެސް އިއްޔެ ވަނީ މަސައްކަތަށް އެނބުރި ވަޑައިގެންފައެވެ.
އިއްޔެއަކީ ރާއްޖޭގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އެޗްޕީއޭއިން ބުނީ އިއްްޔެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް 2،838 މީހަކު ކޮވިޑަށް ފަައްސިވެފައިވާ ކަމަށެވެ.