Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޯލިޝަން ޕާޓީތަކުން އެމްޑީޕީއަށް ތާއީދު ކުރުމަކީ ވާޖިބެއް: މެމްބަރު ހަލީމް

ކޯލިޝަން ޕާޓީތަކުން އެމްޑީޕީއަށް ތާއީދު ކުރުމަކީ ވާޖިބެއް: މެމްބަރު ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ތާއީދު ކުރުމަކީ ވާޖިބެއް ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ މުޙައްމަދު ރާޝިދަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވަނީ ނިންމައިފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއިން ވަކި ކެނޑިޑޭޓަކަށް ތާއީދުކުރާކަން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ސަންގު ޓީވީއިން ރޭގައި ދެއްކި ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މެމްބަރު ހަލީމް ވިދާޅުވީ، މި އިންތިހާބުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީއެއްގެ ގޮތުގައި ކުރިމަތިލައިފައި އޮތީ އެމްޑީޕީ ކަމަށާއި އެ ގޮތުން ސަރުކާރުގައި ތިބޭއިރު، ސަރުކާރު ތަމްސީލުކުރަން ނިކުންނަ ޕާޓީއަށް ތާއީދުކުރުމަކީ ވާޖިބެއް ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިއަދު އެ ކުރައްވަނީ އެ މަސައްކަތްކަން މެމްބަރު ހަލީމް ފާހަގަ ކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

"މިއަދު ސަރުކާރުގެ ތެރޭގައި ތިބޭއިރު، ސަރުކާރުން ކުރިމަތިލައިފައި އޮތީ އެމްޑީޕީ. މައި ޕާޓީ، އެ ޕާޓީއަށް ތާއީދުކުރުމަކީ އެއީ ވާޖިބެއް. އެކަން ގާސިމް އެ ކުރައްވަނީ" ބިލެތްދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައިދޭން މަސައްކަތް ކުރައްވާ ގާސިމާއި ގުޅުވައިގެން ހަލީމް ވިދާޅުވީ ޖޭޕީއަކީ ކޯލިޝަނުގެ އެންމެ ބޮޑު އެއް ޕާޓްނަރު ކަމަށާއި ގާސިމް މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމެއް އޮވެގެން ނުވަތަ ޖީބަށް އެއްޗެއް ވެއްދުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް