ވިޔަފާރި

26 އަހަރުވީ އިންޖީނު ނިއްވައިލާ، ފޯކައިދޫއަށް އައު އިންޖީނު ގެއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޯކައިދޫގެ ކުރީގެ އިންޖީނުގެ، މި އިންޖީނު މިއަދު ވަނީ ނިއްވާލާފައި. ފޮޓޯ/ފެނަކަ

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފޯކައިދޫގައި ފެނަކައިން އިމާރާތް ކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިދެއްވައިއެވެ.

Ads by MWSC

5.66 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި، މި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އިތުރުން، ފެނަކައިގެ އެމްޑީ އަޙްމަދު ސައީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޯކައިދޫގައި 26 އަހަރުވަންދެން ކަރަންޓް ދެމުން އައި އިންޖީނުގެ ވަނީ ނިއްވައިލައިފައެވެ. އެ އިންޖީނުގެއަކީ އާއްމުން ދިރިއުޅޭ ގެތައް ހުންނަ ސަރަޙައްދުގައި ހުންނަ އިންޖީނުގެއެކެވެ.

މި ރަސްމިއްޔާތުގައި، އިންޖީނުގެ ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކައިގެ ޓީމުން، ޚާއްސަކޮށް، އެމްޑީ ސައީދުކޮށްދެއްވަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.

"ހަމަގައިމު ވެސް ފެނަކައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓްގެ ޚިދުމަތް ދިނުމުގައި މި ކުރަމުން ގެންދާ މަސައްކަތުގައި ފެނަކައިގެ ހީވާގި ޓީމުގެ މަސައްކަތް ވަރަށް ބޮޑު. އެފަދަ ޓީމެއް ނެތް ނަމަ އެ ސްޕީޑްގައި އެ މަސައްކަތް ނުގެންދެވުނީސް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ފެނަކައިން ރާއްޖޭގެ 150 ރަށެއްގެ ފެނާއި ކަރަންޓުގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ކަރަންޓް ހިދުމަތް ފޯރުކޮށްދޭ ހުރިހާ ރަށެއްގެ އިންޖީނުގެތައް މިހާރު ވަނީ އާންމުން އުޅޭ ސަރަހައްދުތަކާ ދުރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!