މަރުވެފައި އޮއްވާ ލަންކާއިން ފެނުނު ޒުވާނާގެ ހަށިގަނޑުގައި ޒަޚަމްތަކެއް، ކައިރީ ވަޅިއެއް ވެސް އޮތް

އަވައްޓެރި ލަންކާގައި، ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށް، ލަންކާގެ މީޑިއާއަކުން އާއްމުކޮށްފައިވާ ވީޑިއޯއަކުން ދައްކައިފިއެވެ.
ލަންކާ ފަސްޓް ނޫހުން އާއްމުކޮށްފައިވާ ވީޑިއޯގައިވާ ގޮތުން، ވެއްލަވައްތަގެ ބީޗު ސަރަހައްދުން އިއްޔެ ވަނީ ދެ މީހެއްގެ ހަށިގަނޑު ފެނިފައެވެ. މީގެ ތެރެއިން އެކަކު އެއީ ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 23 އަހަރުގެ އިފްހާމް ނަސީރެވެ.
އިފްހާމްގެ ހަށިގަނޑު ކައިރިން ކަޅު ދަބަހަކާއި ވަޅިއެއް ވެސް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ދިވެހި ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.