ދިވެހި ސިނަމާ

ރިޝްމީއާއި ރަވީ ވަރިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އާއިޝަތު ރިޝްމީއާއި ރަވީ ފާރޫޤް ވަރިވެއްޖެއެވެ.

Ads by Sosun Fihaara

ރިޝްމީއާއި ރަވީ ވަރިވެއްޖެކަން، ރިޝްމީ ވަނީ އޭނާގެ މީސް މީޑިއާ އެކައުންޓުތަކުގައި ޔަގީން ކޮށްދީފައެވެ.

ފިލްމީ ދާއިރާގައި މިވަގުތު ތިބި އެންމެ ކުޅަދާނަ އެކްޓަރުންނާއި ޑައިރެކްޓަރުންގެ ލިސްޓުގައި ވެސް ހިމެނޭ ރިޝްމީއާއި ރަވީ ކައިވެނި ކުރީ 2019ވަނަ އަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހުގައެވެ.

ކައިވެނި ރޫޅިއްޖެކަން އިއުލާނު ކުރަމުން ރިޝްމީ މިރޭ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެމީހުން ކައިވެނި ކުރީ އެކުގައި މުޅި އުމުރު ހޭދަ ކުރުމުގެ ފޮނި އުންމީދާ އެކު ކަމަށެވެ. އަދި އެހެން ގުޅުންތަކެކޭ އެއްފަދައިން އެމީހުންގެ ދިރިއުޅުމުގައި ވެސް އަޑިގަނޑާއި އުސްގަނޑު ވެސް އައި ކަމަށާއި ފުރާނައަށް ނުރައްކާވާ ފަދަ ދެ ހާދިސާއާ ވެސް ދެމަފިރިން އެކުގައި ކުރިމަތިލި ކަމުގައި ރިޝްމީ ބުންޏެވެ.

ނަމަވެސް މި ފާއިތުވީ ދެ އަހަރު ވަރަށް ގިނަ ކަންތައްތަކަކާ އެ ދެމީހުން ވެސް ކުރިމަތިލާން ޖެހުނު ކަމަށާއި، ކޮވިޑްގެ މި ހާލަތުގައި ވެސް އެކަކު އަނެކަކަށް މުހިންމުވާ ކަންތައްތައް ވެސް ބަދަލު ވެފައިވާކަން ރިޝްމީ ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން އެ ދެމީހުން ވެސް ނިންމީ، ސުލްހަވެރިކަމާ އެކު އެކަކު އަނެކަކާ ދުރުވުމަށާއި، ކައިވެނި ރޫޅައިލާން ކަމަށް ވެސް ރިޝްމީ ބުންޏެވެ.

ރިޝްމީ އިތުރަށް ބުނީ، ކައިވެނި ރޫޅުނު ކަމުގައި ވިޔަސް އަބަދުވެސް ދެ އެކުވެރިންގެ ގޮތުގައްޔާއި އެކުގައި މަސައްކަތްކުރާ ދެމީހުން ކަމުގައި ދެމި ތިބެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ރިޝްމީ އެދިފައި ވަނީ އެމީހުންގެ ދިރިއުޅުމަށް މި އައި އައު ބަދަލަށް އާދަވާން އެމީހުންނަށް އެކަނި ވަގުތު ކޮޅެއް ދިނުމަށާއި އެމީހުންނަށް ހިތްވަރު ދިނުމަށެވެ.

  1. ހެހެ

    ދެން؟ އަސްލު ހަބަރުތަކާ ތި ނަމާ ވަރަށް ގުޅޭ

  2. އަލީ

    ބަލަ ކަކުތަަ އިންނާނިީ ވަރިވާން އަޒުމުކަމޑައަޅައުގެން

  3. ނޯވަން

    ހެޕީ 25ތ 0 ފިރިމީހާ

  4. މަގޭ

    އެވެސް ފިލްމީ މަންޒަރެއް ހަގީގީ ދިރިއުޅުމުގާވެސް
    މިމީހުން ކުޅޭނީ ފިލްމު