ދުނިޔެ

ކޮވިޑަށް ފައްސިވުމުގެ ދެ ދުވަސް ކުރިން ޕްރިންސް ޗާލްސް ރާނީއާ ބައްދަލުކުރި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ޕްރިންސް ޗާލްސް ކޮވިޑް-19އަށް ދެވަނަ ފަހަރަށް ފައްސިވުމާ ގުޅިގެން، ރާނީ އެލިޒަބެތުގެ ހާލާ މެދު ގިނަ މީހުން ކަންބޮޑުވެއްޖެއެވެ.

Ads by Sosun Fihaara

އުމުރުފުޅުން 73 އަހަރުގެ ޕްރިންސް ޗާލްސް ކޮވިޑަށް ދެވަނަ ފަހަރަށް ފައްސިވީ އިއްޔެއެވެ. އެކަން ހާމަ ކުރަމުން ކްލޭރެންސް ހައުސްގެ އޮފިޝަލުން އިއްޔެ ބުނީ، ޕްރިންސް ޗާލްސް މިވަގުތު ހުންނެވީ އެކަހެރިވެގެން ކަމަށެވެ.

ބޭރުގެ ރިޕޯޓުތަކުން އިތުރަށް ބުނި ގޮތުގައި، ކޮވިޑަށް ފައްސި ވުމުގެ ދެ ދުވަސް ކުރިން ޕްރިންސް ޗާލްސް ވަނީ އޭނާގެ މަންމާފުޅު އަދި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުއާ ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލު ކުރުމާ ގުޅިގެން އެތައް ބަޔަކު ދަނީ އުމުރުން 95 އަހަރުގެ ރާނީގެ ސިއްހީ ހާލުކޮޅު ދެރަވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޝާހީ ގަނޑުވަރުތަކުގެ އޮފިޝަލުން، ޕްރިންސް ޗާލްސްއާއި ރާނީގެ ސިއްހަތާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

ޕްރިންސް ޗާލްސް ދެވަނަ ފަހަރަށް ކޮވިޑަށް ފައްސި ވީއިރު އޭނާ ހުންނެވީ މި ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވައިފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by Ooredoo
  1. ނަރީމާ

    އެދެ ބޫދްޓަރ ޑޯޒާ ނުޖަހައިކުން އެހެންވީމައި އެ ޖެހުންނު. ދިވެހިންނަން މިހިދެ ނުޖެހެއިކުން އޭބު ބޫސްޓަރ ޖެހީމައި. އެޔާ ގާތު ބޮނެހެލާ އަވަހަންޖަހަންނާޔަ