މުނިފޫހިފިލުވުން

ލޯނެއް ނުދައްކައިގެން ޝިލްފާގެ ޢާއިލާ އަނެއްކާ ވެސް ކޯޓަށް! 

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފާއިތުވި މަސްތަކުގައި ތަފާތު ގިނަ މައްސަލަތަކެއް ކުރިމަތިވި ބޮލީވުޑްގެ އެކްޓްރެސް ޝިޕްލާ ޝެޓީގެ ޢާއިލާގެ ތިން މެމްބަރުން ކޯޓަށް ޙާޟިރުވާން އަންގައިފިއެވެ.

Ads by STELCO

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި އަދޭރީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހުކުރު ދުވަހު ވަނީ ޝިލްޕާއާއި އޭނާގެ ކޮއްކޮ ޝަމީތާ އަދި މަންމަ ޝުނަންދާ އެ ކޯޓަށް ޙާޟިރުވުމަށް އަންގައިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ތިންމައިން ކޯޓަށް ޙާޟިރުކުރަނީ ވިޔަފާރިވެރިއެއްގެ އަތުން ޝިލްޕާގެ ބައްޕަ ސުރެންދުރަ ޝެޓީ ނަގައިފައިވާ 2.1 މިލިއަން ރުޕީސްގެ ލޯނެއް ނުދައްކައިގެން ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ޝިލްޕާގެ ބައްޕަ ވަނީ 2016ވަނަ އަހަރު ހާޓް އެޓޭކެއް ޖެހިގެން ނިޔާވެފައެވެ.

ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދުރާ ވެސް ވަނީ މި ދިޔަ އަހަރުގެ ޖުލައިމަހުން ފެށިގެން ދެމަހެއްހައި ދުވަހު ޖަލުގައި ހޭދަކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ބަރަހަނާ ވީޑިއޯ އުފައްދައި އޭގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ. މީގެ އިތުރުން ޝިލްޕާގެ ދެމަފިރިން އޮޅުވައިލައި މަކަރު ހަދައިގެން 1.51 ކްރޯޑް ރުޕީސް ހޯދައިފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހަޅައިފައި ވެއެވެ.

މި ހުރިހައި މައްސަލަތަކެއް އޮއްވައި ދަރަނީގެ މައްސަލައެއްގައި މި މަހުގެ 28ވަނަ ދުވަހުގެ ކުރީން ކޯޓަށް ޙާޟިރުވާން ޝިލްޕާއަށް އަންގައިފައިވާ މި ދަނޑިވަޅުގައި އިއްޔެ ވެސް އޭނާ ވަނީ ލޯބިވެރީންގެ ދުވަސް ފާހަގަ ކުރުމަށް އަލީބާގަށް ދަނިކޮށް ޕަޕަރާޒީންގެ ކެމެރާތަކަށް އަރައިފައެވެ. މިކަމާ ގުޅިގެން އޭނާއަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!