މުނިފޫހިފިލުވުން

އެންމެން މަގުމަތިން މި ހޮވަނީ ކޮން ޑޮލަރެއްތަ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާ ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ ދުވަސްވަރެއްގައި މަގުތަކުން 20 ޑޮލަރުގެ ކޮޕީ ނޫޓްތަކެއް މި ފެންނަނީ " ކީއްވެ" ކަން އެގޭ ހެއްޔެވެ. އެއީ "ކީއްވެ" އެވެ. ދިވެހި ފިލްމް "ކީއްވެ" ނަން ލޯންޗުކުރީ އެވެ.

މިއީ ސްލޭމް ސްޓޫޑިއޯ އާއި ސެޓާރން ސްޓޫޑިއޯ، ނޫރު އެން މޫވީސް، އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ނެރޭ " ކީއްވެ؟" އެވެ.

"މިއީ ފިލްމުގެ ނަން ރިވީލް ކުރުން ފިލްމަށް މި ކިޔަނީ " ކީއްވެ" ފިލްމް ޕްރޮޑިއުސްކުރާ ޕާޓްނަރުންގެ ތެރެއިން ކިޑް ޕްރޮޑަކްޝަންގެ ވެރިޔާ ހުސެން މުނައްވަރު ބުންޏެވެ.

އެމެރިކާ ޑޮލަރުގެ 20 ޑޮަލަރުގެ ނޫޓެއް ގޮތަށް ފަތްޖަހާފައިވާ އެ ކަރުދާސްކޮޅުގެ އަނެއް ފަރާތުގައި ވަނީ ފިލްމުގެ ނަމެވެ. މަގުތަކުން މީހުން މި ކަރުދާސްކޮޅު ނަގަމުން ދިޔަ އެވެ.

ހަފްތާއެއްހާ ދުވަސް ވަންދެން މަދު މަދުން ސަރަހައްދުތަކުން މި ކަރުދާސްކޮޅު ފެނުއިރު އެކި އުމުރުގެ މީހުން މި ކަރުދާސްކޮޅުތައް ނެގި އެވެ.

"ނެގިން ހީކުރީ ޑޮލަރުގެ މައްސަލައިގެ މުޒާހަރާއެއް ކަމަށް" ސްކޫލް ދޮށަށް ދަރިފުޅު ބަލާގޮސް ހުރި އުމުރުން 35 ވަރަކަށް އަހަރުގެ މަންމައަކު ބުންޏެވެ.

އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ތަޖުރިބާކާރު ޑައިރެކްޓަރ އީސާ ޝަރީފެވެ. އަދި އެގްޒެކްޓިވް ޑައިރެކްޓަރުންނަކީ ހުސެން ނޫރައްދީންއާއި އަލީ ޝާނިޒްގެ އިތުރުން ހުސެން މުނައްވަރު (ކިޑް) އެވެ.

ނޮވެމްބަރު 25 ގައި އޮލިމްޕަހުގައި ޕްރިމިއަރ ކުރާ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ވަނީ ނިންމާފަ އެ

Ads by HDC