Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސިޒޭރިއަން ހެދުމުގައި އިހުމާލުވި މައްސަލަ ބަލަން އެދިއްޖެ

ސިޒޭރިއަން ހެދުމުގައި އިހުމާލުވި މައްސަލަ ބަލަން އެދިއްޖެ

މިދިޔަ ހަފްތާގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި މީހާގެ ހާލު ދެރަވުމުން، އެކަމުގައި އެ ހޮސްޕިޓަލުގެ އިހުމާލެއް އޮތް ކަމަށް ޤަބޫލު ކުރެވޭތީ އެކަން ބަލައިދިނުމަށް އެމީހާގެ އާއިލާއިން ހެލްތު މިނިސްޓްރީގައި އެދިއްޖެއެވެ.

މި މަހުގެ 9ވީ ބުދަ ދުވަހު ސިޒޭރިއަން ހެދި އެ މީހާގެ ހާލު ދެރަވެގެން، ޖެހިގެން އައި ދުވަހު އޭނާ ވަނީ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފައެވެ.

އެ އާއިލާއިން ވާހަކަ ދެއްކި މީހަކު އޮންލައިން ނޫސް "މިހާރު"އަށް މައުލޫމާތު ދެމުން ބުނީ، އަންހެން މީހާގެ ހާލު ދެރަވި މައްސަލައިގައި ގަމު ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން އެކަން ހިނގައިފައިވާ ގޮތެއް ތަހުގީގުކޮށްދިނުމަށް އެދި އިއްޔެ ހެލްތު މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅައިފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

އާއިލާއިން ވާހަކަ ދެއްކި މީހާ އިތުރަށް ބުނެފައި ވަނީ އެކަން ހިނގައިދިޔަ ގޮތް ތަހުގީގު ކޮށްދިނުމަށް އިއްޔެ ހުށަހަޅައިފައިވީ ނަމަވެސް، އެކަމަށް އިންސާފެއް ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ތިން ކުދިންގެ މަންމަގެ ހާލު ދެރަވީ ސިޒޭރިއަން ހެދުމުގެ ތެރޭގައި ނާރެއް ބުރިވެ، ބަނޑަށް ލޭ އެޅިގެން ކަމަށެވެ. ނަމަވެސް އާއިލާއިން އަދި ގަމު ހޮސްޕިޓަލުން ވެސް ވަނީ އެކަން ދޮގުކޮށްފައެވެ. އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ އޭނާގެ ހާލު ސީރިއަސްވީ ސިޒޭރިއަނަށް ފަހު ބަންދުކުރިއިރު ޕްރެޝަރު މަތިވެގެން ލޭ ލީކްވުމުން ކަމަށް ބެލެވޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް