ޚަބަރު

"ޑްރަގް ކެފޭ" ތަކުން އާއްމުކޮށް ޚިދުމަތް ހޯދާ 1118 ދިވެހިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: އަވަސް

މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން އާންމުކޮށް ޚިދުމަތް ހޯދާ 1118 ދިވެހީން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

Ads by STELCO

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގައިފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިސްކަންދަރުކޮށީގައި މިހާރު ކުރިއަށް ގެންދާ މީޑިއާ އިވެންޓްގައި އެ ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، "ޑްރަގް ކެފޭ" ނުވަތަ އައްޑާތަކުން އާއްމުކޮށް 1،118 ދިވެހިން ޚިދުމަތް ހޯދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މީހުންގެ ތެރެއިން 305 މީހުންނަކީ ޑުރަގް ފަރުވާއިން ވަކި ކޮށްފައިވާ މީހުން ކަަމަށެވެ. އަދި ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް އަމުރު ކޮށްފައިވާ 217 މީހެއް ދެ ވަނަ ހުކުމެއް އައިސްފައިވާ 141 މީހެއް މި ޚިދުމަތް ހޯދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

1118 ދިވެހިން މި ޚިދުމަތް ހޯދާއިރު، މަސްތުވާތަކެތީގެ އައްޑާތަކުން އާއްމުކޮށް ހިދުމަތް ހޯދާ 139 ބިދޭސީއަކު ވެސް އުޅެއެވެ. އެއީ ބަނގްލަދޭޝްގެ 134 މީހަކާއި އިންޑިއާގެ ތިން މީހަކާއި ލަންކާގެ ދެ މީހެކެވެ.

އޭގެ އިތުރުން 65 އަންހެނަކާއި އުމުރުން 50 އަހަރުން މަތީގެ 56 މީހެއް އަދި 14 ކުޑަކުއްޖަކު ވެސް އައްޑާތަކުން ގަވައިދުން ހިދުމަތް ހޯދާ ކަމަށް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވިއެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!