Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

22.2.22: ރީތި ތާރީޚުގައި 85 ކައިވެނި

22.2.22: ރީތި ތާރީޚުގައި 85 ކައިވެނި

ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ މުޅި ދުނިޔޭގެ އެކި ޤައުމުތަކުން ވެސް ކޮށްއުޅޭ ޒަމާންވީ ސަޤާފަތަކަށް ވާއިރު، މާދަމާއަކީ މުޅި މި އަހަރުގައި ވެސް އަންނަ އެންމެ ރީތި ތާރީޚުކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

އެގޮތުން ރާއްޖޭގައި ވެސް މި ތާރީޚުގައި މާދަމާ (22.2.22) ގިނަ ކައިވެނިތަކެއް ކުރުމަށް މިހާރު ވެސް ވަނީ ތާވަލު ކޮށްފައެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި މާދަމާ މާލޭގައި 85 ކައިވެންޏެއް ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ކައިވެނި ކޮށްދޭ ދުވަހެވެ.

Advertisement
Ooredoo — Truecaller (box)

މި މަހުގެ ދެވަނަ ދުވަހު (2.2.22)ގައި ވެސް ގިނަ އަދަދެއްގެ ކައިވެނި މާލޭގައި ކޮށްފައިވެއެވެ. އެ ދުވަހު ކޮށްދީފައި ވަނީ 39 ކައިވެންޏެވެ.

މާލޭގައި މާދަމާ 85 ކައިވެނި ކުރާކަމަށް ފެމިލީ ކޯޓުން ހާމަކޮށްފައިވީ ނަމަވެސް، މުޅި ރާއްޖޭގައި މާދަމާ ކައިވެނިކުރާ އަދަދު އަދި ހާމަވެފައެއް ނުވެއެވެ. ނަމަވެސް މާލެއިން ބޭރުގައި ވެސް، މާދަމާ ގިނަ އަދަދަކަށް ކައިވެނި ކުރާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް