Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައިއެސްގެ މެންބަރަކު ރާއްޖެއިން ހައްޔަރުކޮށްފި

އައިއެސްގެ މެންބަރަކު ރާއްޖެއިން ހައްޔަރުކޮށްފި

އައިއެސްގެ މެންބަރަކު ރާއްޖެއިން ހައްޔަރު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ދެ ގައުމެއްގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ވަނީ، އައިއެސްގެ މެންބަރެއް ކަމަށް ޤަބޫލު ކުރެވޭ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު މާލެއިން ހައްޔަރުކޮށްފައެވެ.

އެމީހާ ރާއްޖެއިން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުގައެވެ.

Advertisement
Allied — Dhen Online (box)

މިކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ހައްޔަރު ކުރި މީހަކީ އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭންތައް ހިންގާ މީހެއް ކަމަށާއި އޭނާ ވަނީ ޔޫރަޕްގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށާއި ޔޫރަޕްގެ ލީޑަރުން މަރަން ގޮވައިލައިފައި ކަމަށެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ އައިއެސްގެ ޕްރޮޕެގެންޑާތައް 2015ވަނަ އަހަރުން ފެށިގެން އޭނާ ފަތުރަމުން އަންނަކަން މިހާރު އެނގިފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދަނީ ޓެރަރިޒަމާ ގުޅުން ހުރި ބޮޑު މައްސަލައެއްގެ ގޮތުގައި ކަމަށާއި މިމައްސަލަ ތަހްގީގު ކުރަމުން ގެންދަނީ އެމެރިކާގެ އެފްބީއައިއާއި ޔޫރަޕިއަން ޔޫނިއަންގެ ދެގައުމަކާ ގުޅިގެން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް