Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޔޮޓް ޓުއާސްގެ މައްޗަށް ކުރި 3.6 މިލިއަން ޑޮލަރުގެ ދަރަނި ދަމަހައްޓައިފި

ޔޮޓް ޓުއާސްގެ މައްޗަށް ކުރި 3.6 މިލިއަން ޑޮލަރުގެ ދަރަނި ދަމަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް ކުރިން ދޫކުރި ހއ. ބީނާފުށްޓާއި އެ ރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާއަށް 3.6 މިލިއަން ޑޮލަރު (55 މިލިއަން ރުފިޔާ) ދައްކަން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފިއެވެ.

ދާދި ފަހުން ހައި ކޯޓުން ވަނީ، ޔޮޓް ޓުއާސްއިން ދައުލަތަށް ދައްކަން ޖެހުނު 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ)ގެ ދަރަނި ދަމަހައްޓައިފައެވެ. އޭގެ ފަހުން އިއްޔެ އެ ކޯޓުން ދެމެހެއްޓީ ޔޮޓް ޓުއާސް ކުންފުންޏަށް 2013ވަނަ އަހަރު ދޫކުރުމަށް ފަހު 2016ވަނަ އަހަރު އަތުލި ބީނާފުށްޓާއި ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާއެވެ.

ޔޮޓް ޓުއާސްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން މި މައްސަލައާ ގުޅިގެން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ޖޫރިމަނާގެ ގޮތުގައި ނެގި މިންވަރު އިންސާފުވެރި ނޫން ކަމުގައި އެ ކުންފުނިން ބުނެފައިވީ ނަމަވެސް އެއީ ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ދޫކުރުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ނަގަމުންދާ މިންވަރު ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މި މަރުހަލާގައި އޭގެ އަދުލުވެރިކަމާ މެދު ސުވާލު އުފެއްދިޔަސް، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހުކުމުގައި ވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް