Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކާށިދޫގައި ބާއްވާ ފިޓްނެސް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވައިލައިފި

ކާށިދޫގައި ބާއްވާ ފިޓްނެސް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވައިލައިފި

އެމްޖީ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ ހެލްތު އެންޑް ފިޓްނެސް އެވެއަރނެސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.  

އެމްޖީ ސްޕޯޓްސް ކްލަބާއި، ކ. ކާށިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މި ފެށޭ މާރިޗް މަހުގެ ތިންވަނަ ދުވަހުއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ "ވޯރޮއީސް އެރީނާ"އާ ވެސް ގުޅިގެންނެވެ. 

މިކަމާ ގުޅިގެން އެމްޖީ ސްޕޯޓް ކްލަބުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އުމުރުން 16 އަހަރުން މަތީގެ ކޮންމެ އަންހެން ބޭފުޅަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ޕްރޮގްރާމަކީ ހިލޭ ބައިވެރިވެވޭ ޕްރޮގްރާމެއް ކަމަށް ވެސް އެ ކްލަބުން ކޮށްފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ. 

Advertisement
Allied — Dhen Online (box)

ހެލްތް އެންޑް ފިޓްނެސް އެވެއަރނެސް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ކާށިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނަމްބަރ 7219361އަށް ގުޅުއްވުމުން ލިބޭނެ ކަމަށް ވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މާރިޗް 1ވަނަ ދުވަހުގެ 12:00 އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް