Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވިލިނގިލީން ރައީސް ޔާމީނަށް ހޫނު މަރުޙަބާއެއް

ވިލިނގިލީން ރައީސް ޔާމީނަށް ހޫނު މަރުޙަބާއެއް

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިނަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގއ. ވިލިނގިއްޔަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީން އިންޑިއާ އައުޓް ހަރަކާތުގައި ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެފައެވެ.

ބަނދަރު ސަރަހައްދަށް ޖަމާވެފައިވާ ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު ރައީސް ޔާމީން އިސްވެ ހުންނަވާ ވިލިގިލީގެ ބޮޑެތި މަގުތަކުގައި ވަނީ ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ.

Advertisement
Ooredoo — Square (box)

އިންޑިއާ އައުޓް ކެމްޕޭނަށް ރައީސް ޔާމީން މިހާރު ވަނީ ކ.އަތޮޅާއި ށ. އަތޮޅާއި ރ. އަތޮޅު އަދި ފ. އަތޮޅުގެ ބައެެއް ރަށްތަކަށް ވަޑައިގެންފައެވެ. އެގޮތުން މި ކެމްޕޭނަށް ޔާމީން އެންމެފަހުން ވަޑައިގެންނެވީ ރ. މީދުއަށެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެ، ވަޑައިގަތުމާ އެކު އިންޑިއާ އައުޓް ކެންޕެއިން ވަނީ ވަރަށް ވަރުގަދަ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް