މުސްލިމަކު ޖާނުން ފިދާވެގެން ހަމަލާއެއް ދީފި ނަމަ، ވާނީ ޓެރަރިސްޓަކަށް: އަލީ ރަމީޒު

މުސްލިމަކު، ދީނާއި ގައުމުގެ ދިފާއުގައި، ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފި ނަމަ، އެ މީހަކު ވަނީ "ޓެރަރިސްޓް"އަކަށް ކަމަށް ސަލަފު ޖަމުއިއްޔާގެ މެމްބަރު އަލީ ރަމީޒު ބުނެފިއެވެ.
ރަޝިޔާ ސިފައިން ހުއްޓުވުމަށް ހަށި ގޮއްވައިލައިގެން ހަމަލާ ދިން، ޔޫކްރެއިންގެ ސިފައިންގެ މީހާއަކީ ބަތަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.
ޔޫކްރެއިންގެ ދެކުނު ޚޭރްސަން ސަރަހައްދުގައި އޮންނަ ހެނިޝެސްކް ބްރިޖް ހުރަސްކުރުމަށް ރަޝިޔާގެ އަސްކަރީ ފައުޖުތަކާއި ޓޭންކަރުތަކުން ދަނިކޮށް، އެ ސަރަހައްދަށް ޓޭންކަރުތަކަށް ނުވަދެވޭނެހެން ބްރިޖެއްގެ މަތީގައި ހުރެ ޔޫކްރެއިންގެ ސިފައިންގެ މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާ ވަނީ މީޑިއާތަކުގެ ސަމާލުކަން ހޯދައިފައެވެ.
ޔޫކްރެއިންގެ އާމްޑް ފޯސަސްގައި ވިޓަލީ ސްކާކުންގެ މި ހިތްވަރު ގަދަ އަމަލަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ތައުރީފް ކުރައްވައިފައެވެ. އަދި އެ ޤައުމުގައި ދެވޭ އެންމެ މަތީ ޝަރަފު، ޤައުމުގެ ޙައްޤުގައި ޝަހީދުވުމުގެ ޝަރަފު އޭނާއަށް ވަނީ ދީފައެވެ.
މިކަމާ ގުޅިގެން އަލީ ރަމީޒު ބުނީ، މުސްލިމަކު މިފަދަ ކަމެއް ކޮށްފި ނަމަ، ވާނީ ޓެރަރިސްޓަކަށް ކަމަށެވެ.
https://twitter.com/aliramyz/status/1497559700920885255
ޔޫކްރެއިން-ރަޝިޔާގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން، ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ގިނަ ތަކުލީފުތަކެއް އުފުލަމުންދާއިރު، ބާރުގަދަ ގައުމުތަކުގެ ލީޑަރުން ހަނު ތިބޭކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އަދި މުސްލިމުން އަމިއްލަ ދިފާއުގައި ހަމަލާ ދިނުމަކީ "ޓެރަރިސްޓުން"ގެ ގޮތުގައި ލޭބަލް ކުރާ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.







ކޮމެންޓް