Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަނިލްއަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

އަނިލްއަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒްގެ މަޤާމަށް ސ.ހިތަދޫ، ޖަންބުމާގެ އަލްއުސްތާޛު މުޙައްމަދު އަނީލު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީގެ ސަނަދު ހާސިލުކުރައްވައިފައެވެ. އަދި މިހާރު އޭނާއަކީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަަޢުލީމު ހާސިލް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މި ސަރުކާރަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި ، ސަރުކާރުގެ ދިފާޢުގައި ވަރަށް ގިނައިން ބަސް ވިދާޅުވާ އަނިލް މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ސ. ހިތަދޫ އިސް އިމާމުގެ މަޤާމު ވެސް އަދާކުރައްވައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް