ޚަބަރު

އިތުރު މަރެއް، ނަންބަރު 297އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by MWSC

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 297 ވަނަ މީހާއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ނިޔާވެފައި ވަނީ ހދ.މަކުނުދޫ ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހަވީރު 5:40 ކަންހާއިރުއެވެ.

މާތް ﷲ އެމައްޔިތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!