ރަޝިޔާގެ ގައުމީ އެއާލައިން އޭރޯފްލޮޓުގެ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލައިފި

ރަޝިޔާގެ ގައުމީ އެއާލައިން އޭރޯފްލޮޓުގެ ބައިނަލްއަގުވާމީ ހުރިހާ ދަތުރުތަކެއް ހުރިހާ ގައުމަކަށް މާޗް 8 އިން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.
އޭރޯފްލޮޓް އިން މިއަދު ބުނީ "ފްލައިޓްތަކުގެ ޕާފޯމަންސް އަށް ހުރަސް އެޅޭ އިތުރު ހާލަތްތަކާ ގުޅިގެން" އަންގާރަ ދުވަހުން ފެށިގެން ބައިނަލްއަގުވާމީ ހުރިހާ ފްލައިޓެއް ސަސްޕެންޑް ކުރާން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް ބެލަރޫސްގެ ވެރިރަށް މިންސްކް އަށް ދަތުރު ކުރުން ކުރިއަށް ދާނެ ކަމަށް އޭރޯފްލޮޓުން ބުންޏެވެ.
ރަޝިޔާގެ އެއަރލައިން އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ގެއްލުންތައް ކުރިމަތިވަމުން ދަނީ ޔޫކްރެއިންގެ މައްޗަށް ރައީސް ވްލަޑްމީރް ޕުޓިން ގެ ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތީއެވެ.
ރަޝިއާގެ އޭވިއޭޝަން އޮތޯރިޓީ ރޮސަވިއަޓްސިޔާ އިން މިއަދު ލަފާ ދީފައި ވަނީ ބޭރުގެ އިހްތިސޯސްތަކުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތައް ހުންނަ ރަޝިއާގެ އެއާލައިންތަކުން ބޭރު ގައުމުތަކުގެ ސަރުކާރުތަކުން އެ އެއާލައިންތައް އަތުލެވިދާނެ ކަމުގެ ބިރު އޮތުމުން އާދީއްތަ ދުވަހުން ފެށިގެން ގައުމުން ބޭރަށް ކުރާ ހުރިހާ ދަތުރުތައް ހުއްޓާލުމަށެވެ.