ޚަބަރު މެދުއިރުމަތި ދުނިޔެ

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް ސައުދީން އުވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ޓަކައި ސައުދީ އަރަބިއާއިން އަޅައިފައިވާ މުހިންމު ފިޔަވަޅުތައް ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara
Ads by Hajj Corporation

އެގައުމުގެ އިންޓީރިއަރ މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، މިއަދުން ފެށިގެން އެގައުމުގެ އާންމު ރައްޔިތުން ތަންތަނަށް އެއްވެ އުޅޭއިރު ގައިދުރުކަން ދޫކުރުމާ އެކު މާސްކު އަޅާކަށް ވެސް ނުޖެހޭނެއެވެެ. އަދި މައްކާއާ މަދީނާގައި ހުންނަ ދެ ޙަރަމްފުޅުގައި ގައިދުރުކަމެއް ނެތި ނަމާދު ކުރެވޭނެއެވެ. ނަމަވެސް އެ ދެ ތަނުގައި މާސްކު އަޅަން ޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފައެއް ނުވެއެވެ.

މިއާ އެކު ސައުދީގެ ރައްޔިތުންނަށް ގިނަ ކަންކަމުގައި ލުއި ލިބިގެންދާ އިރު، ފިޔަވަޅުތައް ދޫކޮށްލަން އެގައުމުން ނިންމީ، ވެކްސިން ޕްރޮގްރާމް ކާމިޔާބުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީގެ އިންޓީރިއަރ މިނިސްޓްރީން ބުނި ގޮތުގައި، ކޮވިޑާ އެކު 17 ގައުމަކަށް ދަތުރު ނުކުރެވޭ ގޮތަށް އޮތްއޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. އެ ގޮތުން މިއަދުން ފެށިގެން ސައުދީއަށް ދަތުރު ކުރާއިރު ޕީސީއާރް ޓެސްޓް ހަދާކަށް ވެސް ނުޖެހޭނެއެވެ.

ސައުދީން ކޮވިޑާ ގުޅިގެން އެޅި ގިނަ ފިޔަވަޅުތަކަށް ލުއިދިން އިރު، އެ ގައުމުގެ އިންޓީރިއަރ މިނިސްޓްރީން ވަނީ ބަލިން ދިފާއުވުމަށް ޓަކައި ދޭ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!