Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަންހެނުންގެ ދުވަހު ފިނިފެންމާ އަދި ޗޮކުލެޓް ފަދަ ތަކެތި ނުދޭން އަންގައިފި

އަންހެނުންގެ ދުވަހު ފިނިފެންމާ އަދި ޗޮކުލެޓް ފަދަ ތަކެތި ނުދޭން އަންގައިފި

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރާއިރު، އެ ދުވަހުގެ ޝިއާރު ކަމަށްވާ، "ޖެންޑާ އީކުއަލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ"އަށް ވިސްނައިގެން އެ ދުވަސް ފާހަގަ ކުރުމަށް ޖެންޑަރ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަަށް އިލްތިމާސްކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއި ކުރައްވައި އޮފީސްތަަކަށް ފޮނުއްވައިފައިވާ ސާކިއުލާގައި ބުނެފައި ވަނީ، މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރާއިރު، އަންހެނުންގެ ދުވަހުގެ ޝިއާރުގެ މަޤްސަދު ހާސިލްވާނެ ފަދަ ގޮތަކަށް އެ ދުވަސް ފާހަގަ ކުރުމަށް އެދޭ ކަމަށެވެ.

މިގޮތުން، ފިޔާތޮށި ކުލަ ފަދަ، އަންހެނުންނަށް ހާއްސަ ކުލަތަކުގެ ގޮތުގައި މުޖުތަމައުން ދެކޭ ކުލަތައް ބޭނުން ނުކުރުމަށާއި ހަދިޔާގެ ގޮތުގައި ކޭކާއި ބަދިގޭ ސާމާނު ފަދަ ތަކެތި ހަދިޔާތައް ނުދިނުމަށް ވެސް އެދިފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން، އޮފީސްތަކުގައި ކޮންމެ އަހަރު ވެސް އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކުރަމުން އަންނަ ބައެއް ކަންކަން ނުކުރުމަށް ވަނީ އެދިފައެވެ. އެއީ، އަންހެނުންނަށް ވަކިން، މަރުޙަބާ ކިޔުމަށް ރަތް ދޫލަ އެޅުމާއި، ފިނިފެންމާ އަދި ޗޮކުލެޓް ފަދަ ތަކެތި ހަދިޔާއަށް ދިނުމެވެ.

މީގެ ކުރިން އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އޮފީސްތަކުގައި، ފިރިހެނުން އިސްނަގައިގެން، އަންހެނުންނަށް މާބޮނޑި ދީ ހަދައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް