އިބްރާހީމް ރައޫފްގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވައިލައިފި

މާލެއަތޮޅަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ކ.ތުލުސްދޫ، އިޔުރިޝް ، އިބްރާހީމް ރައޫފްގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް މާލެ އަތޮޅު ކައުންސިލުން ހުޅުވައިލައިފިއެވެ.
އިއްޔެ ހުޅުވައިލި މި ދަފްތަރުގައި އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލާއި އަތޮޅުގެ ޢިއްޒަތްތެރި ބޭފުޅުން ވަނީ ސޮއި ކުރައްވައިފައެވެ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައިފައިވާ ގޮތުގައި އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އަތޮޅުގެ ނުވަރަށުގައި ވެސް މި ދަފްތަރުގައި ސޮއި ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ވަރަށް ގިނަ ދުވަސް ވާންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އިބްރާހީމް ރައޫފް ނިޔާވީ މިދިޔަ މަހުގެ 9ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައެވެ. ނިޔާވި އިރު އުމުރަކީ 59 އަހަރެވެ.

އިބްރާހީމް ރައޫފަށް ވަނީ ދައުލަތަށް ޚިދުމަތްކުރުމުގެ ގައުމީ އިނާމް ވެސް ލިބިވަޑައިގެންފައި
އަލްމަރްޙޫމް އިބްރާހީމް ރައޫފް ވަނީ 38 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އޭނާ ވަނީ މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ދެ ދައުރު ފުރިހަމަކުރައްވައިފައެވެ. އަދި ތިންވަނަ ދައުރުގައި އޭނާ ވަނީ އަތޮޅުގެ ރައީސްކަން ކުރައްވައިފައެވެ. އޭނާ އަދާ ކުރެއްވި މަގާމުތަކުގެ ތެރޭގައި ކ. އަތޮޅުއޮފީހުގެ ސެކްރެޓަރީކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ހިމެނެއެވެ.
އިބުރާހިމް ރައޫފަކީ ވަރަށް ވެސް މަޑުމައިތިރި ހިތްހެއޮ ބޭފުޅެއް، ބަލިހާލުގާ ހުންނަވައިގެން ވެސް ތިމާގެޒިންމާ އަދާކުރެއްވި ނަމޫނާ ބޭފުޅެއް، ވަރަށްވެސް ގިނަ ބޭފުޅުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ގައުމީބޭފުޅެއް ގޮތުގައި ގަބޫލު ކުރަން،
އިބުރާހިމް ރައޫފަށސްފާފަފުއްސަވާ ކަށްވަޅުގެ އަޒާބާ ނަރަކައިގެ އަޒާބުން ސަލާމަތް ކުރަށްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރަށްވާށި، ރައޫފުގެ ލޮބުވެތި އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން ޔާރައްބަލްއާލަމީން.