Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފައިސާގެ މުއާމަލާތް ކުރުމުގައި ސަމާލުވުމަށް ސީއެމްޑީއޭއިން އެދިއްޖެ

ފައިސާގެ މުއާމަލާތް ކުރުމުގައި ސަމާލުވުމަށް ސީއެމްޑީއޭއިން އެދިއްޖެ

އެކި ކަހަލަ ސްކީމްތަކުގެ ނަންނަމުގައި ފައިސާގެ މުއާމަލާތް ކުރުމުގައި ސަމާލުވުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން އެދިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ސީއެމްޑީއޭއިން އެކަމަށް އިލްތިމާސްކޮށްފައި މިވަނީ ފޮރެކްސް ޓްރޭޑިން ވިޔަފާރި ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް މިމަހުގެ 10 ވަނަ ދުވަހު ފްރީޒްކޮށްފައި ވަނިކޮށް ފޮރެކްސް ޓްރޭޑް ކުރާ މީހުންނަށް ކުރިމަތިވެދާނެ "ރިސްކްތަކަށް" ސަމާލުވުމަށް އެމްއެމްއޭއިން ވެސް އަންގައިފައި ވަނިކޮށެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނުގައި ސީދާ ކިންގްސް ފޮރެންސިކްސްގެ ނަން ބުނެފައި ނުވި ނަމަވެސް، އެ ބަޔާން އަމާޒުވެފައި ވަނީ ކިންގްސްއަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން ސީއެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރަން ލިބޭ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށެވެ. އެގޮތުން އިންވެސްޓް ކުރަން ހުށަހަޅާ ފަރާތަކީ ރާއްޖޭގައި ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަ ލިބިފައިވާ ނުވަތަ އެފަދަ ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ސީއެމްޑީއޭއިން ނަސޭހަތްތެރިވެފައިވެއެވެ.

މީގެއިތުރުން ސެކިއުރިޓީޒް މުއާމަލާތްތަކުގައި ހަރަކާތްތެރިވުމަށް އެ އޮތޯރިޓީން ލައިސަންސް ދޫކޮށް ހުއްދަ ދީފައިވާ ފަރާތްތަކާއި ފަންޑު ހިންގާ ބެލެހެއްޓުމަށް ޓަކައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުގައި އާންމުކޮށްފައި ހުންނާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް