ބޮލީވުޑް މުނިފޫހިފިލުވުން

ހިންދީ ބަހުން ވާހަކަ ދެއްކުމުން ހުރިހާ ސަމާލުކަމެއް މި ފަހަރު އާރަދްޔާއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އައިޝްވާރްޔާ ރާއި ބަޗަންއާއި އަބީޝޭކް ބަޗަންގެ ދަރިފުޅު އާރަދްޔާ، ޙަފްލާއެއްގައި ހިންދީ ބަހުން ވާހަކަ ދެއްކުމުން އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެއެވެ.

Ads by STELCO

ސްޓާރުންގެ ދަރިންގެ ތެރެއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ޖެހެންދެން ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އާރަދްޔާ ވަނީ ސްކޫލްގެ ޙަފްލާއެއްގައި ވަރަށް ފަރިތަކަމާ އެކު ހިންދީ ބަހުން ވާހަކަ ދައްކައިފައެވެ.

އާރަދްޔާ ސްޓޭޖްމަތީގައި ވާހަކަ ދެއްކިއިރު ބައެއް މީހުން ވަނީ އެ މަންޒަރު ވީޑިއޯކޮށް، މީސް މީޑިއާގައި އެ ވީޑިއޯ ހިއްސާ ކޮށްފައެވެ.

ގިނަ ބަޔަކު އެ ވީޑިއޯއަށް ކޮމެންޓުކޮށް އާރަދްޔާއަށާއި އޭނާގެ މައިންބަފައިންނަށް ތައުރީފު ކުރުމުން، އަބީޝޭކް ވަނީ އެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާގެ ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށް ވެސް ބުންޏެވެ.

ބައެއް މީހުން ބުނި ގޮތުގައި އާރަދްޔާއަށް ފަރިތަކޮށް ހިންދީ ބަހުން ވާހަކަ ދައްކަން ދަސްވީ އޭނާގެ މަންމަ އައިޝްވާރްޔާގެ ބުރަ މަސައްކަތުންނެވެ. ނަމަވެސް އެވާހަކައާ ދެކޮޅު ހަދަމުން އެހެން ބަޔަކު ބުނެފައި ވަނީ އައިޝްވާރްޔާއަކީ ގިނަ ފަހަރަށް އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހެއް ކަމަށާއި އެހެންކަމުން އާރަދްޔާއަށް ފަރިތަކޮށް ހިންދީ ބަހުން ވާހަކަ ދައްކަން ދަސްވީ "ބަޗަން ޑީއެންއޭ"ގެ ސަބަބުން ކަމަށެވެ.

އާރަދްޔާގެ ވާހަކައިގައި، ކޮންމެ މީހަކު ވެސް އެމީހެއްގެ މާދަރީ ބަހަށް ފަރިތަވާން ޖެހޭނެކަން ފާހަގަ ކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!