ޚަބަރު

މެންބަރު ފަޒުލްގެ ބައްޕަ އަވަހާރަވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބައްޕަ އަބްދުއްރަޝީދު އަލީ އަވަހާރަވެއްޖެއެވެ.

Ads by STELCO

އަބްދުއްރަޝީދު އަވަހާރަވީ މިއަދު ހެނދުނު ބެންގަލޫރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އެ މަނިކުފާނު އަވަހާރަވީ އުމުރުފުޅުން 75 އަހަރުގައެވެ.

އަބްދުއްރަޝީދަކީ ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އެ ގޮތުން ފުލުސް ކޯޓުގެ އިސް ގާޒީ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން ވެސް އެމަނިކުފާނު ވަނީ އަދާކުރައްވައިފައެވެ.

އަބްދުއްރަޝީދުގެ ކަށުނަމާދު އޮތް ވަގުތެއް އަދި ޔަގީންވެފައި ނުވި ނަމަވެސް މިއަދު އެމަނިކުފާނުގެ ހަށިކޮޅު ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ!

އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!