ޖުވެނައިލް ކޯޓުގެ ގަހުން ވަގަށް އަނބު ބިނުމުން ހަ މަހަށް ޖަލަށް

ޖުވެނައިލް ކޯޓުގެ އަަނބު ގަހުން ވަގަށް އަނބު ބިން މީހަކު ހަ މަހަށް ވުރެ ގިނަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ޏ. ފުވައްމުލަކު/މިސްކިތްމަގު، ކެލާގެ، އަހުމަދު ސާލިހުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަންކުރުމާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދެ ދައުވާއެވެ.
އެ މީހާ ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފުވުމުން، އެ ކޯޓުން ހުކުމްކުރީ ވައްކަމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އެއް މަހާއި 27 ދުވަހަށް ޖަލަށްލުމަށެވެ.