Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބީއެމްއެލްއާއި އެމްއެމްއޭއަށް އަލްހާންގެ ކުންފުނިން ދައުވާ ކުރަނީ

ބީއެމްއެލްއާއި އެމްއެމްއޭއަށް އަލްހާންގެ ކުންފުނިން ދައުވާ ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށާއި މަރުކަޒީ ބޭންކް އެމްއެމްއޭއަށް ދައުވާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް މޯލްޑިވްސްއިން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި، އޮންލައިން ޓްރޭޑިންގެ ވިޔަފާރި ކުރާ ކިންގްސް ކެޕިޓަލް ހޯލްޑިންގުން ބީއެމްއެލްއާއި އެމްއެމްއޭއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފައި ވަނީ، އެ ދެ ބޭންކުން ކިންގްސް ކުންފުނީގެ ނަމަށް ހުތުރުވާ ގޮތަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އެކި މީސްމީހުންގެ އަތުން ފައިސާ ނަގައިގެން، ސްކީމެއްގެ ދަށުން ކަމަށް ބުނެ ބޮޑު ފްރޯޑް ހިންގައިފައި ވަނީ ފޭސްބުކާއި ޓެލްގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެ ކަމަށް ބުނި ނަމަވެސް އިންވެސްޓް ކުރުމުގެ ބަދަލުގައި އަމިއްލަ ބޭނުންތަކަށް އެ ސްކީމްގައި ފައިސާ ބޭނުންކުރާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން އެމްއެމްއޭއިން ބުނީ، އެ ސްކީމުގައި ކުރީކޮޅު ފައިސާ ނަގާ މީހުންނަށް އަނބުރާ ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ މީހުން ދޭ ފައިސާއިން ކަމަށާއި އެހެންވެ، އެފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން ކަމަށެވެ. އަދި އެ ސްކީމް ރޫޅޭ އިރު، ބައިވެރިވި ގިނަ މީހުންނަށް ފައިސާ ވެސް އަނބުރާ ނުލިބޭނެ ކަމަށް އެމްއެމްއޭއިން އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްއޭ މިފަދައިން ބަޔާން ނެރުނު ނަމަވެސް، އެއީ ކޮން ބައެއް ކަމެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ.

އެމްއެމްއޭގެ މި ބަޔާނާ ގުޅޭގޮތުން ކިންގްސް ކުންފުނީގެ ޗެއާމަން އަލްހާން ފަހުމީ ވިދާޅުވީ އެއީ އޭނާގެ ކުންފުންޏަށް އަމާޒުކޮށް ނެރެފައިވާ ބަޔާނެއް ކަމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ކުރާ ދައުވާ އަންނަ ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކުރަނީ، އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރި މައްސަލައިގައި ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް