Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލެއަށް އެރި ވެލާ ބިސް އަޅައިފި

މާލެއަށް އެރި ވެލާ ބިސް އަޅައިފި

އިއްޔެ އިރުއޮއްސެން އުޅެނިކޮށް މާލޭ ސިނަމާލެ ބްރިޖު ސަރަހައްދަށް އެރި ވެލާ ބިސް އަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވެލާ ބިސް އަޅައިފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

ސިނަމާލެ ބްރިޖު ސަރަހައްދުގައި އޮންނަ ވެލިގަނޑަށް މީގެ ތިން ހަފްތާވަރު ކުރިން ވެސް ވެލައެއް އެރިއެވެ. ފުލުހުން އެ ވެލާ މޫދަށް ދޫކޮށްލުމުން، އެކަމާ ގުޅިގެން ފުލުހުންނަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް މިފަހަރު އެރި ވެލައަށް ބިސް އަޅަން ޖާގަދީ، ވެލައެއް އެއްވެސް ގޯނާއެއް ނުވާ ގޮތަށް ފުލުހުން ވަނީ އެ ސަރަހައްދު ބަލަހައްޓައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް