ރިޕޯޓް

ބައްޕަ މަރައިލި ހިތްދަތި ހާދިސާގެ ޒަޚަމްތަކުގެ ވާހަކަ 60 އަހަރު ފަހުން އައިޝަތުގެ ދުލުން

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ ގއ. ކަނޑުހުޅުދޫ އަތަމާގެ އައިޝަތު ހުސައިންގެ އަސަރުން ފުރިގެންވާ ވާހަކައެވެ. އުމުރުން އެންމެ 18 އަހަރުގައި ލޯބިވާ ބައްޕަ ދުނިޔެ ދޫކޮށް ދިޔައީ 1962ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގެ ތެރެއިންނެވެ.

Ads by Hajj Corporation

އެ ރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވައިލިކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ގދ. ތިނަދޫގައި ކުރިޔަށް ގެންގޮސްފައިވާ އިރު އެ ހާދިސާގައި ސީދާ އަނިޔާ ލިބުނު މީހުންގެ ވާހަކަތައް ހިއްސާކޮށްފައިވެއެވެ.

އައިޝަތު ހުސެއިންގެ ވާހަކަ އާންމުންނާ ހިއްސާ ކުރީ އެ ހާދިސާ ހިނގި ދުވަސް ނޫން ކުރީގެ ހަނދާންތަކުންނެވެ.

އެއީ ޝައުބާން މަހުގެ 23ވަނަ ދުވަހެވެ. ގދ. ތިންދޫން ފުރައިގެން ގާތްގަޑަކަށް 15 ވަރަކަށް މިނެޓުން ދެވޭ ގދ. ކާޑެއްދުއަށް އައިޝަތު ހުސެއިން އެ ދުވަހު ހެނދުނު ދިޔައީ އަލަ ކަނޑާށެވެ. އަލަ ކަނޑަން ހުއްޓައި ވަރަށް ބޮޑަށް ވިއްސާރަވި ކަމަށާއި މާގިނަ އިރުތަކެއް ނުވެ ގައި ހިރުވަން ފެށި ކަމަށް އައިޝަތު ބުންޏެވެ. މާ ބޮޑަށް ހިރުވާތީ މަންމަ ގާތުގައި ތިމަންނަ މިދަނީ ރަށަށް ދާށޭ ބުނެ އެ ރަށުގެ ބަނދަރަށް ދިޔަ ކަމަށާއި އެ ތަނުން ރައްޓެއްސަކު ތިނަދުއަށް ދާން ފުރަން އުޅޭކަން އެނގުމުން އޭނާ ގާތުގައި ތިމަންނަ ގޮވައިގެން ދާށޭ ބުނި ކަމަށް އައިޝަތު ބުންޏެވެ.

ކާނޑެއްދޫން ފުރައިގެން ތިނަދޫއަށް ދިޔަ އިރު ބައްތެލީގައި އައިޝަތު އިނީ ވަރަށް ހަމަޖެހިލައިގެން ކަމަށާއި ބޭރު ބަލަން އިންދައި ވަރަށް ދުރުން ބޮޑު “ކުނިގަނޑެއް” ކަހަލަ އެއްޗެއް ފެންނަން ފެށި ކަމަށް ބުންޏެވެ. އެއަށް ބަލަން އިރުކޮޅެއް ވަންދެން އިނދެވުނު ކަމަށާއި ކައިރި ވާން ފެށުމުން ބައްތެލީގައި އިން އައިޝަތުގެ ރައްޓެއްސަށް އެ ދެއްކިއެވެ.

އޭނާ ރަނގަޅަށް ބެލުމަށް ފަހު ކަމަކުދާކަށް ނެތޭ ދިވެހި ސަރުކާރުގެ ދިދަ އެބަހުއްޓޭ އޭގައި، އެ އަންނަނީ ފަތަހަ ކުރާށޭ ބުނެ ހަޅޭއްލަވައިގައި ކަމަށް އައިޝަތު ބުންޏެވެ. ވަގުތުން ބާރަށް ފަލި ޖަހައި ބައްތެލީގައި ތިބި އެންމެން ވެގެން މަސައްކަތް ފެށީ އަވަހަށް ރަށަށް ދިޔުމަށް ކަމަށާއި މާގިނަ އިރުތަކެއް ނުވެ ތިނަދޫ ބަރާސިލާ ވީ ދިމާލަށް ބައްތެލި ކައިރިކޮށް މީހުން ފޭބި ކަމަށް އައިޝަތު ބުންޏެވެ.

އެ ވަގުތު މުޅި ރަށުތެރޭގައި މީހުން އެކި ދިމާލުގައި އެއްވެ ތިއްބެވެ. އައިޝަތު ކިޔައިދިން ގޮތުގައި، އެ މީހުން ކާޑެއްދުއަށް ދިޔައިރު ގޭގައި 10 މަހުގެ ތުއްތު ކުއްޖަކާއި، ދެ އަހަރު ވީ ކުއްޖަކާއި އަށް އަހަރުގެ ކުއްޖަކު ވެސް ތިއްބެވެ.

އައިޝަތު ބުނީ ރަށް ފަތަހަ ކުރަން ދިޔަ މީހުން ދަތުރުކުރި ބޯޓު ތިނަދުއަށް ބަނދަރު ކުރި ކަމަށާއި އެ ދުވަހު ބަޑި ވެސް ޖެހި ކަމަށެވެ. އެ ދުވަހު އެއްކޮށް ވެސް އަންހެން ވެރިން އުޅުނީ ގޭގައި ކަމަށާއި އޭ ރޭ އެންމެ ތިބީ ނުނިދާ ފާރަޔަށް ކަމަށް އޭނާ ކިޔައިދިނެވެ.

އޭގެ އަނެއް ދުވަހު ހެނދުނު 8 ޖެހި އިރު އަނެއްކާ ވެސް ބަޑި ޖަހަން ފެށި ކަމަށާއި 11 ޖަހަން ދެން ބަޑި ޖެހުމަށް ފަހު ހުއްޓައިލިއެވެ. އޭރު އައިޝަތުގެ ބައްޕަ ހުރީ ބޮޑުއަށިގެއަށް ގޮސް ކަމަށާއި ދޭތެރެ ދޭތެރެއިން އެ މީހުންގެ ހާލު ބަލަން ބައްޕަ އަންނަ ކަމަށް އައިޝަތު ބުންޏެވެ.

އޭގެ ފަހުން އައިޝަތު ބޮޑުކަމުދާން ޖެހިގެން އެކަނި ނުދާން ވެގެން ރައްޓެހި ހަލީމާ ގޮވައިގެން އަތިރިމައްޗަށް ބޮޑުކަމުދާން ދިޔަ ކަމަށް އައިޝަތު ބުންޏެވެ. އެތަނަށް ދިޔަ ތަނާ އަނެއްކާ ވެސް ބަޑި ޖަހަން ފެށި ކަމަށާއި ހަލީމާ އަނބުރާ ދިޔަ ކަމަށް ބުންޏެވެ. އައިޝަތު ގާތުގައި ވެސް ދާން ހިނގާށޭ ބުނި ނަމަވެސް ބިރުން ދާން ނުކެރުމުން އެތާ މަޑުކުރީ ކަމަށް ބުންޏެވެ. އޭގެ މާގިނަ އިރެއް ނުވެ ހަލީމާ ހަޅޭއްލަވަމުން “ބައްޕަ ގަޔަށް ބަޑި ޖަހައި މަރައިލައިފިޔޭ” ގޮވަމުން އައި ކަމަށް އޭނާ ރޮމުން ކިޔައިދިނެވެ.

އައިޝަތު ވަގުތުން ދުއްވައިގަތީ ގެއާ ދިމާލަށެވެ.

“ބަޑިއަކަށް ބަޑިއަކަށް ނުބަލައި ގެއަށް ދުއްވައިގަތީ ރޮމުން. ގެއަށް ދިޔަ އިރު ކަމަކު ދާކަށް ނެތް. އެންމެ ރޮނީ. މަންމަ ވެސް އިނީ ރޯން” ގިސްލަމުން އައިޝަތު ކިޔައިދިނެވެ.

އެއްވެސް ތަނަކަށް ދާން ނުކެރިފައި ކުދިވެރިން ގޮވައިގެން އެންމެން ތިބީ ގޭގައި ކަމަށާއި އައިޝަތުގެ މަންމަ މަގުމައްޗަށް ނިކުތް ގަޑީގައި އެ ތަނުން ދިޔަ މީހެއް ކައިރީގައި ރޮމުން “ބައްޕަގެ ހަށިގަނޑު ގެއަށް ގެންނާނެތޯ” އެހި ކަމަށް ބުންޏެވެ.  އޭނާގެ ޖަވާބުގައި ބުނީ ރަށުން މީހުން ފައިބަން އަންގައިފި ކަމަށާއި ބައްޕަގެ ހަށިގަނޑު ނުގެންނާނެކަމަށެވެ.

ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. އޭރު ވެސް ހިތްވަރު އެލުވައި ނުލައި މަސައްކަތް ކުރީ ބައްޕަ ފެނޭތޯ ކަމަށާއި ކުރި މަސައްކަތް ކާމިޔާބުވެ ބައްޕަ ކައިރިއަށް ދެވުނު ކަމަށް އައިޝަތު ބުންޏެވެ. އެ މަންޒަރު ސިފަކޮށްދެމުން އައިޝަތު ބުނީ ބޮޑުއަށިގޭ ހަތަރުވަނަ ދޮރު ކައިރީގައި ބައްޕަ އޮތް އިރު ބައިވަރު ލޭ އޮހޮރިފައި ހުރި ކަމަށެވެ.

ބައްޕަ ވަޅުލާނީ ސަރުކާރުން ކަމަށް މީހަކު ބުނި ކަމަށާއި އެމީހުން ބުނި ގޮތަށް ކުންނާރު ފަތް ފުނޑައިގެން ގޮސް އެމީހުން އަތަށް ދިން ކަމަށް އައިޝަތު ބުންޏެވެ. އެ ދިނުމުން މަންމަމެން ގޮވައިގެން ރަށުން ފައިބައިގެން ދާން އެންގި ކަމަށް ބުންޏެވެ.

ރަށުން ފައިބައިގެން އެ މީހުން ދިޔައީ މާގޮޑެރެހާއަށެވެ. އެ ރަށަށް ތިނަދޫގެ ގިނަ ބަޔަކު ދިޔައެވެ. އެ ރަށަށް ދެވުމާ އެކި އެންމެން ވެސް މަސައްކަތް ކުރީ ރަށު ތެރެއިން ނުކުމެގެން ބިންކޮޅެއް ހޯދައިގެން ސާފްކޮށްގެން، ކުނާ އަޅައި ތަންތަން ހެދުމަށް ކަމަށް އައިޝަތު ބުންޏެވެ. އެ ރަށުގައި އުޅުނީ ވަރަށް ހާލުގައި ކަމަށާއި އެ ދުވަސްވަރު އުޅެން ޖެހުނު ގޮތް ދުވަހަކު ވެސްް ހަނދާނުން ފިލައިގެން ނުދާނެ ކަމަށް އައިޝަތު ބުންޏެވެ.

ލިބުނު ގެއްލުން ތަކުގެ ބަދަަލަށް އެއްވެސް އެއްޗެއް ބޭނުންތޯ އިންތިޤާލީ އިންސާފުގެ އޮފީހުން އައިޝަތު ގާތުގައި އެހުމުން ބުނެފައި ވަނީ “އަހަރެން ބޭނުން އަހަރެންގެ ބައްތެލީގެ އަގު އަހަރެންނަށް ލިބުމާއި، ބައްޕަގެ މަރުގެ ދިޔަ ލިބުމަށް. އޭތި ލިބިއްޖިއްޔާ މީހަކަށް ސަދަގާތެއް ކޮށްލެވޭނެ” އަސަރާ އެކު އައިޝަތު ބުންޏެވެ.

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ ފެބުރުއަރީ 4، 1962ގައެވެ. ތިނަދޫން މީހުން ބޭލުމާ ގުޅިގެން އެރަށު މީހުން ރަށުން ފައިބައިގެން ދިޔައީ އެ އަތޮޅުގެ މީހުން އުޅޭ ބައެއް ރަށްރަށާއި މީހުން ނޫޅޭ ބައެއް ރަށްރަށަށެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ.

Ads by Allied Insurance
  1. ށަވިޔަނި

    ކޮންފަދައަނިޔާތަކެއް ދީފަ…….އެދިޔައީ މާފަށްވެސް އެދުނީ އެއްނޫން އެއީވެސް ސަރުކާރެއް ހިތް ކުދިކުދިވެއްޖެ.

  2. ނޫން

    އެފަކީރު

    • އިންސާފް ލިބޭނެކަމަށް އުއްމީދުކުރަން

  3. ޙަބީބު.

    ނޮވެންބަރު 3 ވަނަދުވަހުގެ ކަންތައްވެސް ތަހުގީގުކޮއްލަބަލަ ފަޒުނާގެ ބައްޕަގެ އަނިޔާވެރިކަމުގެ ވާހަކަވެސް ދައްކާލާނެ އެތައް ބަޔަކު އެބަތިބި ތިޔައީ ރަށުގެ ރައްޔިތުންގެ މޮޔަކަމުންވީގޮތް ނުޖެހޭ ދައުލަތަކާ ދެކޮޅައް ފުންމައިގެންއަރާކައް ވިސްނައިދިނުމައް ފޮނުވި ދައުލަތުގެ ސިފައިންނައް ހަމަލާދީ މަރާކައް އެކަމުގެ އަދަބުތިޔައީ މާތްﷲ އިބުރާހިމް ނާސިރައް ސުވަރުގޭގެ ދާއިމީ ނިޔުމަތް މިންވަރުކުރައްވާށި އާމީން

    • ަަށވޔަނި

      ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ މިއަދު ހިތުހުރި ގޮތަކަށް ވާހަކަ ދެއްކިދާނެ ނަމަވެސް އެމީހަކަށް………………..