ދީނީ އެއްބައިވަންތަކަމުގެ ގާނޫނު މުރާޖައާކުރަނީ

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިއަދު ބައްދަލުކުރައްވައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އޭޖީ ރިފްއަތުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއިިިިިިިި، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނަރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން ފިގުހު އެކަޑަމީގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތައް:
▪︎ ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖައާކުރުން
▪︎ ހަރުކަށިފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް ދެނެގަތުން
▪︎ ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހަމައެކަނި ހައްލު ހޯދުމުގެ ބަދަލުގައި ކަމާގުޅުން ހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުން
▪︎ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުން