އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފި

އިސްލާމީ މަރުކަޒުގެ އެންމެ ތިރީ ފަންގިފިލާފައި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އަންހެނުންނަށް ހާއްސަކޮށްގެން އިސްލާމީ މަރުކަޒުގެ އޮފީހުގެ ރިސެޕްޝަން ކުރިމައްޗަށްވާ ގޮތަށް، ރަމަޟާން މަހު އަންހެނުންނަށް ނަމާދުކުރެވޭނެ ޚާއްސަ ބައެއް ހަމަޖެއްސުމަށް ވަނީ ނިންމައިފައެވެ.
ރަމަޟާން މަހަށް ހާއްސަކޮށްގެން މިހާރު ވެސް ގިނަ މަސައްކަތްތަކެއް އިސްލާމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މި މަސައްކަތްތައް ފަށައިފައި ވަނީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
މި ބަދަލާ އެކު މަތީ ފަންގިފިލާތަކަށް އެރުމަށް ދަތިވާ އަންހެނުންނަށް، މިސްކިތުގެ އެންމެ ތިރީ ބައިގައި ނަމާދު ކުރެވޭނެއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތައް އާބާތުރަފިލުވުމުގެ މަސައްކަތްތައް މާލެއާއި އަތޮޅުތަކުގައި ވެސް ކުރިއަށް އެބަގެންދެއެވެ. ފާއިތުވެ ތިން އަހަރު ވެސް ރަމަޟާންމަހާ ދިމާކޮށް އިސްލާމީ މަރުކަޒުގައި ބޮޑެތި މަރާމާތުތައްކޮށް ޒީނަތްތެރިކޮށްފައި ވެއެވެ.