ޚަބަރު

ނުރައްކާތެރި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކަށް އަނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މާބަނޑު އަންހެނަކަށް އަނިޔާވެއްޖެއެވެ.

Ads by Hajj Corporation

މަންޒަރު ދުށް މީހަކު “ދެން”އަށް މަޢުލޫމާތު ދެމުން ބުނީ މި ހާދިސާގައި އެކްސިޑެންޓްވި އެއްސައިކަލުގައި ތިބީ މާބަނޑު އަންހެނަކާއި ކުޑަކުއްޖެއް ކަމަށެވެ.

އެކްސިޑެންޓް ހިނގައިފައިވަނީ މިއަދު ހަވީރު 17:10 ހާއިރު ތިނަދޫ ފްލެޓް ސަރަހައްދު ތާރު މަގުގައެވެ.

ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާ ލިބުނި ތިން މީހުން ފަރުވާ ހޯދަމުންދާ ކަަމަށާއި މި އެކްސިޑެންޓުގައި ޒުވާން ފިރިހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މާބަނޑު އަންހެން މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!