ނައިޓް މާކެޓް ނުބާއްވަން ނިންމައިފި

ކުރިއަށްއޮތް ރަމަޟާން މަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމި "ސިޓީ ނައިޓް މާކެޓް" ނުބާއްވަން އެކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ރަމަޟާންމަހަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ސިޓީ ނައިޓް މާކެޓް" ވަގުތު ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ.
ނައިޓް މާކެޓް ބާއްވަން ނިންމީ ރައްޔިތުންނަށް ހެޔޮ އަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
ސިޓީ ކައުންސިލުން ނިންމައިފައި އޮތީ 10 ދުވަހުގެ މުއްދަތަކަށް މި ނައިޓް މާކެޓް ކުރިއަށް ގެންދާށެވެ.