ސިޔާސީ ހަރަކާތްތަކާ ގުޅިގެން ހަވާ އެރުވުމުގެ ހުއްދައެއް ނެތް: ސިފްކޯ

ސިޔާސީ ހަރަކާތްތަކާ ގުޅިގެން ހަވާ އެރުވުމުގެ ހުއްދަ، ސިފްކޯއަށް ލިބިފައިނުވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
ސިފްކޯއިން މިހެން ވިދާޅުވެފައި ވަނީ ކުރެންދޫ ކައުންސިލްގެ ރަައީސް ހޮވުމަށް ބޭއްވި އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާއީލް މަދީހް ކާމިޔާބު ކުރުމާ ގުޅިގެން އެކަމުގެ އުފަލުގައި ހަވާ އަރުވައިދިނުމުގެ ހިދުމަތަށް ސިފްކޯގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެދިލެއްވުމުން، ދެއްވި ޖަވާބުގައެވެ.
ކާނަލް ނަޝީދު ވަނީ، ކުރެންދޫ ކައުންސިލުގެ ރައީސްކަމުގެ ގޮނޑި މަދީހު ކާމިޔާބު ކުރައްވައިފި ނަމަ، އެރަށުގައި ހަވާ އަރުވާދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ސިފްކޯގައި ކާނަލް ނަޝީދު އެދިލެއްވީ، ވިޔަފާރި އުސޫލުން ހަވާ އަރުވައިދިނުމުގެ ހިދުމަތަށެވެ.
ނަމަވެސް ސިފްކޯއިން ކާނަލް ނަޝީދަށް ފޮނުވި ޖަވާބުގައި ވިދާޅުވެފައި ވަނީ، ސިޔާސީ ހަރަކާތްތަކަށް ހަވާ އެރުވުމުގެ ހިދުމަތް ދިނުމަށް އެ ކުންފުންޏަށް ހުއްދަ ލިބިފައިނުވާތީ އެ ހިދުމަތް ދެވެން ނެތް ކަމަށެވެ.
އެކަމާ ގުޅިގެން ކާނަލް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިފްކޯ ފަދަ ކުންފުންޏަކުން އެކަނި ދޭ ހިދުމަތެއް ވަކި ސިޔާސީ ޕާޓީއަކަށްވީމަ ނުދިނުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
"އިސްމާއީލް މަދީހު ކުރެންދޫ ކައުންސިލްގެ ގޮޑި ކާމިޔާބު ކުރެއްވީމަ އެކަން ފާހަގަ ކުރުމަށް ހަވާ އަރުވާ ދޭން އަޅުގަނޑު ވީ ވައުދު ފުއްދުމަށް އަދިވެސް މި ދަނީ މަަސައްކަތް ކުރަމުން. މިކަމުގައި މިނިސްޓަރު މާރިޔާއަށް ފޯނުން ވެސް ނުގުޅުނު. އަދި އެސްއެމްއެސްއަކަށް ވެސް ޖަވާބެއް ނުދެއްވާ،" ކާނަލް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ހަވާ އެރުވުމުގެ ހިދުމަތް ދޭން ހުއްދަ އޮންނަނީ ހަމައެކަނި ސިފްކޯއަށް އެކަންޏެވެ.
ތިފައިސާާ އަންދާނުލައްވާ ޞަދަޤާތް ކުރައްވާ