ދުނިޔެ

ކޮވިޑަށް ފައްސިވުމުން، ބެނެޓްގެ އިންޑިއާ ދަތުރާ މެދު ސުވާލު އުފެދިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ އިޒްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް

އިޒްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން، އޭނާ އިންޑިއާއަށް ކުރާ ގޮތަށް ހަމަޖެހިފައި އޮތް ރަސްމީ ދަތުރު ކުރެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެއެވެ.

Ads by Sosun Fihaara

ބެނެޓް އިންޑިއާއަށް ދަތުރު ކުރާ ގޮތަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރާ ދަތުރެކެވެ.

ބެނެޓްގެ އޮފީހުން ބުނީ ކޮވިޑަށް ފައްސިވި ނަމަވެސ،ް ބޮޑުވަޒީރުގެ ހާލު ރަނގަޅު ކަމަށާއި، ބަލިން ފަސޭހަވަންދެން އޭނާ އެކަހެރިވެގެން ހުރެ، މަސައްކަތުގައި މަޝްއޫލުވެ އުޅޭނެ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ބެނެޓަށް އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންޑިއާއަށް ދަތުރު ކުރެވޭނީ، އަންނަ ހުކުރު ދުވަހު ކޮވިޑަށް ނައްސިވެއްޖެ ނަަމައެވެ.

ޤުދުސްގެ ބައެއް މީޑިއާތަކުން ބުނީ އާދިއްތަ ދުވަހު، އިޒްރާއީލުގެ ދެ ބޯޑަރު ފުލުހަކު މަރުވެ، އާންމުންގެ ބަޔަކަށް އަނިޔާވި ހަދޭރާގައި އޮތް ބައްދަލުވުމެއްގައި ބެނެޓު ބައިވެރިވި ކަމަށާއި، އޭނާ އޭރު ހުރީ މާސްކު އަޅައިގެން ކަަމަށެވެ.

އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކަންއާ ބައްދަލު ކުރިއިރު، މާސްކު އަޅައިފައި ނުވާކަން މީޑިއާތަކުގައި ވަނީ ފާހަގަކޮށްފައެވެ.

Ads by Ooredoo
  1. ޓާޓާ

    ތިޔަ ޔަހޫދީ ކަލޭގެ މަރުވިއްޔާ ހާދަ ރަނގަޅޭ