ރަމަޟާން މަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގެ ދެވަނަ ފަންގިފިލާ އަންހެނުންނަށް
އަންނަ ރަމަޟާން މަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގެ ދެވަނަ ފަންގިފިލާ އަންހެނުން ނަމާދު ކުރުމަށް ޚާއްސަ ކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އިސްލާމީ މަރުކަޒުގެ އިތުރުން ރޯދަ މަހަށް ހުޅުވަން ނިންމައިފައިވާ ސަލްމާން މިސްކިތުގެ ދެވަނަ ފަންގިފިލާގައި ވެސް އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިފައިވާ ކަމަށެވެ.
ރަމަޟާން މަހަށް ހާއްސަކޮށްގެން މިހާރު ވެސް ގިނަ މަސައްކަތްތަކެއް އިސްލާމިކް މިނިސްޓްރީން ދަނީ ކުރައްވަމުންނެވެ. މި މަސައްކަތްތައް ފައްޓަވައިފައި ވަނީ ވަނީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
މި ބަދަލާ އެކު މަތީ ފަންގިފިލާތަކަށް އެރުމަށް ދަތިވާ އަންހެނުންނަށް، މިސްކިތުގެ އެންމެ ތިރީ ބައިގައި ނަމާދު ކުރެވޭނެއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތައް އާބާތުރަފިލުވުމުގެ މަސައްކަތްތައް މާލެއާއި އަތޮޅުތަކުގައި ވެސް ކުރިއަށް އެބަގެންދެއެވެ. ފާއިތުވެ ތިން އަހަރުގެ ރަމަޟާންމަހު ވެސް އިސްލާމީ މަރުކަޒުގައި ބޮޑެތި މަރާމާތުތައްކޮށް ޒީނަތްތެރިކޮށްފައި ވެއެވެ.