ސޮސެޖް ވަގަށް ނަގައިގެން ސްވިޑެންގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ޖޫރިމަނާކޮށްފި

ސްވިޑެންގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ސޮސެޖްތަކެއް ވަގަށް ނެގި މައްސަލައެއްގައި ޖޫރިމަނާކޮށްފިއެވެ.
އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖޫރިމަނާކޮށްފައި ވަނީ އުމުރުން 67 އަހަރުގެ އޭން-ކްރިސްޓީން ލިންޑެބްލާޑް ނަމަކަށް ކިޔާ މީހެކެވެ. އޭނާ މި ވައްކަންކޮށްފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. ސޮޖެޖާ އެކު،މީޓްބޯލް އަދި ހޭމް ވަގަށް ނެގުމަށް އޭނާ މަސައްކަތްކޮށްފައި ވަނީ ފިހާރައަކުންނެވެ. ވައްކަން ކުރަނިކޮށް އޭނާ އަތުލައިގެންފައި ވަނީ އެ ފިހާރައިގައި ހުރި ސެކިއުރިޓީ މީހެކެވެ.

ޖޫރިމަނާކުރި ފަނޑިޔާރު
ސްވިޑެންގެ އެންމެ މަތީ ކޯޓު ކަމަށްވާ ހޮގްސްޓާ ޑޮމްފޭވަރިޓް (އެޗްޑީ)ގެ ބެންޗުގައި މީނާ 2002ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަން ކުރެއްވި އިރު، އެކަމަނާގެ މައްޗަށް ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން މި އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އޭނާގެ ގާނޫނީ ވަކީލު ޖޮހާން އެރިކްސެންއާ ބުނެފައިވާ އޭނާގެ ކްލައިންޓް "ކަން ހިނގައިދިޔަ ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ" ކަމަށާއި، އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާ ޤަބޫލު ކުރާ ކަމަށެވެ.
އަދި ފަހަކަށް އައިސް މަސައްކަތުގެ މާހައުލުގައި ވެސް އަދި އަމިއްލަ ގޭގައި ވެސް އޭނާއަށް ވަރަށް ބޮޑު ޕްރެޝަރެއް އިހްސާސް ކުރެވޭ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ އެކަމުގެ ހިތި ނަތީޖާކަމަށް ލޯޔަރު ބުންޏެވެ.
މި މައްސަލައިގައި 4،000 ޑޮލަރުގެ ޖޫރިމަނާއެއް ފަނޑިޔާރު ވަނީ ދައްކަން ޖެހިފައެވެ. ވަނީ ޖޫރިމަނާކޮށްފައެވެ.