އިކްރާމްގެ ރައްދު ޝިޔާމަށް: ސަލްމާން މިސްކިތަކީ ސައުދީން ދިވެހި ރައްޔިތުންނަށް އަޅައިދިން މިސްކިތެއް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ އެހީގައި ބިނާކުރި ކިންގް ސަލްމާން މިސްކިތަކީ އެ ޤައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް އަޅައިދިން މިސްކިތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
މެންބަރު އިކްރާމް މިހެން ވިދާޅުވެފައި ވަނީ، ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް އާންމުންނަށް ހުޅުވައިލުމާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން މެންބަރު ޝިޔާމް ވިދާޅުވީ ސަލްމާން މިސްކިތަކީ މާލޭގެ މަލަމަތިން ފެންނަން ހުރި އެންމެ ހިތްގައިމު އެންމެ ފުރިހަމަ އިސްލާމީ ބިނާކަމާމެދު ޝައްކު ކުރާނެ މީހަކު ނެތްކަ މަށެވެ. ނަމަވެސް ވެރިކަމުގެ ހަތަރު އަހަރުވާން ކައިރިވެފައިވާ އިރު ވެސް މިސްކިތް ހުޅުވައިލަން ނުކުރެވުނުކަމީ ސަރުކާރުން މިފަދަ މަސައްކަތްތަކާ މެދު ލަދު ގަންނަ ކަމުގެ ހެއްކެތް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން އިކްރާމް ވިދާޅުވީ ކިންގް ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް އަޅައިދިން މިސްކިތެއް ކަމަށާއި މިސްކިތް ހުޅުވައި، ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތް ހެދުމަށް މިސަރުކާރުން ލަދު ނުގަންނާނެ ކަމަށެވެ. އަދި މިސަރުކާރަކީ ބޭރުގެ ޤައުމުތަކުން ކޮށްދޭ ކަންކަން ބަލައިގަންނަ، ހެޔޮ ވެރިކަމެއް ކުރާ ރައީސެއް ހުރި ވެރިކަމެއް ކަމުގައި ވެސް އިކްރާމް ވިދާޅުވިއެވެ.
ތިހެންކިޔިދާނެ، މިސަރުކާރުންވެސް ކުރިކަމެއްނެތް. ކުރަންފަށާފަ ނޫނީކޮއްފަ ހުރިކަމެއްވިއްޔާ ކޮއްފަހުރީ ކޮންމެވެސް ގައުމެއްގެ ހިލޭއެހީގަ ނޫނީ މުޅިރައްޔިތުން ޒިންމާވާގޮތައް ނަގާފަހުރިލޯނުން. ސޯލިހުގެ ޖީބުން ކުރިހަރަދެއް ނޯންނާނެ
ތިޔައީ އިންޑިޔާގެސަރުކާރުންއެޅި ބިނާއެއްނޫން
ޢިކުރާމަކަން ހަޖަމެއްނުވާނެ(ކޮސްނޮގޮވާހުރިއްޔާރަގަޅުވާނެ)