Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫސިޓީން މިދިޔަ މަހު ފަހުކޮޅު ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި މިދިޔަ މާރިޗު މަހުގެ 27ވަނަ ދުވަހު ހައްޔަރު ކުރީ ނުވަ މީހެކެވެ. އޭގެ ތެރެއިން ތިން މީހަކު ބަންދު ޖަހަން ކޯޓަށް ގެންދިއުމުގެ ބަދަލުގައި ޖެހިގެން އައި ދުވަހު ދޫކޮށްލައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން ބާކީ ތިބި ހަ މީހުންގެ ބަންދަށް ހިތަދޫ ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ޖެހިއެވެ. އަދި އެ މުއްދަތު މިއަދަށް ހަމަވުމުން ފުލުހުން މިހާރު ވަނީ އެ އެންމެން ވެސް ދޫކޮށްލައިފައެވެ.

Advertisement
Ooredoo — Square (box)

ޓެރަރިޒަމްގެ ތުހުމަތެއްގައި އައްޑޫ ސިޓީން އެ ނުވަ މީހުން ހައްޔަރުކޮށްފައި ވަނީ، ދެކުނުގެ ރަށްތަކަށް ރައިސް އިބްރާހިމް މުހައްމަދު ޞާލިޙް މިދިޔަ މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި، އައްޑޫސިޓީގައި ހުންނަވަނިކޮށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް