ގަލޮޅު ދަނޑު ތަޅައިލައި އައު ދަނޑެއް ތަރައްޤީކުރަނީ

ގަލޮޅު ދަނޑު ތަޅާލައި އެ ތަނުގައި އައު ދަނޑެއް ތަރައްޤީ ކުރުމަށް ނިިންމައިފިއެވެ.
މިކަން ހާމަ ކުރައްވައި، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑު ތަޅައިލައި އައު ދަނޑެއް ތަރައްޤީކުރުމަށް ނިންމައިފައިވާ ކަމަށާއި އެއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރ މަހްލޫފް ކުރިން ވިދާޅުވެފައިވާ ގޮތުގައި މިކަމަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުވާނެއެވެ.
އައު ދަނޑުގެ މަސައްކަތް މި އަހަރު ފަހު ކޮޅު ފެށޭނެ ކަމަށް މިނިސްޓަރ މަހުލޫފް ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވައިފައެވެ.
https://twitter.com/AhmedMahloof/status/1511279289492140032?s=20&t=8NwdzwCXUo_OyZ-RmMy1vg
މިނިސްޓަރ މަހުލޫފު މިއަދު ވަނީ އައު ދަނޑުގެ ޑިޒައިންގެ ފޮޓޯތަކެއް ވެސް ޓްވިޓާގައި ހިއްސާ ކުރައްވައިފައެވެ. އެ ފޮޓޯތަކުން ފެންނަނީ ރަތްކުލައާއި ފެހިކުލައިން ބޭރު ޑިޒައިންކޮށްފައިވާ ސްޓޭޑިއަމެކެވެ. އެތެރޭގައި ސީޓިން ދެ ބަރިއަކަށް ހުރިއިރު ރޮސްޓަޑަމްއެއް ވެސް ހުރެއެވެ. އަދި ސްޓޭޑިއަމުގެ އެއްކޮޅުން އިމާރާތެއް ވެސް ފެނެއެވެ.







ކޮމެންޓް