ޚަބަރު

އެމްއެންޑީއެފުން ކައްދޫ އެއަރޕޯޓް ހިންގާތީ ސިރާޖުގެ ފާޑު ކިޔުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލ. އަތޮޅުގައި އޮންނަ ހަމައެކަނި އެއަރޕޯޓް ، އިސްކަންދަރު އެއަރބޭސް (ކައްދޫ އެއަރޕޯޓް) އެމްއެންޑީއެފުން ހިންގާތީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ ކުންފުނީގެ ބިލަށް ބަހުސް ކުރައްވަމުން ސިރާޖު ވަނީ އެމްއެންޑީއެފުން ކައްދޫ އެއަރޕޯޓް ހިންގާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ މި ގޮތުން ވިދާޅުވީ، "ޓޫތުޕިކް ވިއްކާ ތަނަކަށް އެމްއެންޑީއެފްވީމަ، ކަމުނުދާ" ކަމަށެވެ.

ފޮނަދޫ ދާއިރާގެ މެންބަރު، މޫސާ ސިރާޖު

ސިރާޖު ވިދާޅުވީ، ކުންފުނިތައް ހިންގަން ވާނީ އެކަމުގެ ޤާބިލުކަން ހުންނަ ފަރާތްތަކުން ކަމަށެވެ. އަދި އެމްއެންޑީއެފްއަކީ އެއަރޕޯޓް ހިންގުމާއި ފިހާރަ ހިންގުމުގެ ތަޖުރިބާ ހުރި ފަރާތްތަކެއް ނޫންކަމަށް ވިދާޅުވެ ވިދާޅުވީ، ކައްދޫ އެއަރޕޯޓް ތަރައްޤީ ނުވެގެން އުޅެނީ އެ ސަބަބާ ހުރެ ކަމަށެވެ.

ލާމު އަތޮޅުގެ ތަރައްޤީއާ ގުޅިފައިވާ އެއަރޕޯޓް، ކައްދޫ އެއަރޕޯޓް ހިންގަނީ އެމްއެންޑީއެފްއިން ކުންފުންޏެއް ހަދައިގެން އެމްއެންޑީއެފްގެ ދަށުން. މިއަދާ ހަމައަށް ކައްދޫ އެއަރޕޯޓަށް ތަރައްޤީގެ އެއްވެސް ކަމެއް އައިސްފައެއް ނެތް. އެކަންކަން ނުހިނގާ މައިގަނޑު އެއް ސަބަބަކީ އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި، އެއަރޕޯޓެއް ހިންގަންވާނީ އެއަރޕޯޓެއް ހިންގަން އެނގޭ، ޤާބިލް، އެކަމުގެ ތަޖްރިބާ ހުރި ފަރާތްތަކާ ހަވާލުކުރެވިގެން، އެކަން ދަންނަ ބަޔަކާ ހަވާލު ކުރެވިގެން

ސިރާޖު ވިދާޅުވީ މިހާރު ކައްދޫ އެއަރޕޯޓްގެ ރަންވޭ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. މިގޮތުން ވިދާޅުވީ މި ވަގުތު ރަންވޭގައި ބޮޑެތި ބާބާގަނޑު ހެދިފައި އެބަހުރި ކަމަށާއި ކޮންމެ ރެޔަކު ދަންވަރު ރަންވޭއިން ހިލަ ނަގަން ޖެހޭ ކަމަށެވެ.

ކުންފުނިތަކުގެ ބިލާ އެކު، ސިފައިންގެ ބެލުމުގެ ދަށުން އެއަރޕޯޓް ނަގައި، އެ ރަށް ހިންގަން އެނގޭ ފަރާތްކަށް ހަވާލު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

ކައްދޫ އެއަރޕޯޓަކީ ރާއްޖޭގެ ފުރަތަމަ ޑޮމެސްޑިކަށް ޚާއްސަކޮށްގެން ބިނާ ކުރި އެއަރޕޯޓެވެ. ކައްދޫ އެއަރޕޯޓް އިންޓަރނޭޝަނަލްކޮށް، ބޮޑު ކުރާނެ ކަމަށް ރައީސް ޞާލިޙް ވަނީ މީގެ ކުރިން ވައުދުވެ ވަޑައިގެންފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!