ލަޔަކް ނިޔާވެއްޖެ

ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެބައްޔެއް ކަމަށްވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލްކުރަމުންދާ ޔޫނުސް ލަޔަކް ފަރަހް ނިޔާވެއްޖެއެވެ.
ލަޔަކް ނިޔާވީ މިއަދުގެ ވަގުތެއްގައި އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ލަޔަކްއަށް ފަރުވާ ކުރަމުން ދިޔައީ ބެންގަލޫރުގެ ހޮސްޕިޓަލެއްގައެވެ.
ލަޔަކްގެ ހާލު ދެރަވާން ފެށީ ލޭގެ އިންފެކްޝަނެއް ޖެހިގެން މިދިޔަ މަހުގެ ތެރޭގައެވެ. ލޭގެ އިންފެކްޝަން ޖެހުނީ ނިއުމޯނިއާ ޖެހި ފަރުވާ ހޯދަމުން ދަނިކޮށެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
ލަޔަކްގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
آمیـــــن
ލަޔަކްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން