Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހިޔާ ފްލެޓުތަކަށް ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ގޮވައިލައިފި

ހިޔާ ފްލެޓުތަކަށް ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ގޮވައިލައިފި

ހިޔާ ފްލެޓުތަކަށް ކުލި ނުދައްކާ މަޑުކޮށްލަން ހިޔާ ޔޫނިއަނުން ގޮވައިލައިފިއެވެ.

ހިޔާ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޗްޑީސީން ނެރެފައިވާ އިއުލާނުގައި ބުނާ ކުލި ނެގޭނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އެ ޔޫނިއަނުން ނުދެކޭ ކަމަށެވެ. އަދި މެއިންޓަނެންސް ފީ ހިމެނޭގޮތަށް ކުލި ނަގަން އަންގައިފައިވާ އެންގުމަކީ ގާނޫނާއި ހިލާފު އެންގުމެއް ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން މެއިންޓަނަންސް ފީ ނެގޭނީ އެގްރިމެންޓުގައި ބުނެފައިވާ ގޮތަށް ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަމަށާއި އެކަން ހަ މަސް ދުވަހުގެ ތެރޭގައި އެޗްޑީސީން ނިންމަންވާނެ ކަމަށް ހިޔާގެ އެއްބަސްވުމުގައި ބުނެފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ޔޫނިއަނުން ބުނީ ހިޔާ ސަރަހައްދުގެ ފްލެޓުގައި ހުރި އެތައް މައްސަލަތަކަކާއި ވަކިވަކި ފަރުދުންގެ ހާލަތާއި ރަމަޟާން މަސް ކުރިމަތިވި މި ދަނޑިވަޅަށް ރިއާޔަތްކޮށް ހިޔާ ފްލެޓުގެ ކުލި ނެގުން އަދިވެސް އަވަސްކަމަށް އެ ޔޫނިއަނުން ދެކޭ ކަމަށެވެ. އެހެންކަމުން ކުލި އަދި މެއިންޓަނަންސް ފީ ނެގުން މިހާރުން މިހާރަށް ހުއްޓައިލާން އެޗްޑީސީއަށް އަންގާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެެވެ.

ހިޔާ ހައުސިން ޔުނިޓްގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައި ވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާ އެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

ހިޔާ ހައުސިން ޔުނިޓްތަކަށް މިހާރު ވެސް ބޮޑު އާބާދީއެއް ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. އެގޮތުން ހިޔާގެ ދެހާހެއްހައި އެޕާޓްމަންޓަށް 10000އެއްހައި މީހުން ބަދަލުވެފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ.

ހިޔާ ފްލެޓްތަކަށް ކުލި ދެއްކުން ސަރުކާރުން ވަނީ ތިން ފަހަރެއްގެ މަތިން ފަސްކޮށްދީފައެވެ. އެންމެ ފަހުން ސަރުކާރުން ފަސްކޮށްދިން މުއްދަތު ހަމަވުމުން އެޗްޑީސީން ވަނީ ފްލެޓްތަކަށް ކުލި ދެއްކުމަށް އަންގައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް