Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ

ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ

ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ ދިނުމަށް ތޮއްޑޫ ކައުންސިލުން ފާސްކޮށްފިއެވެ.

ތޮއްޑޫ ކައުންސިލުން ވިދާޅުވީ ތަރައްޤީގެ ޕްލޭންގައިވާ ގޮތުގެ މަތީން ޙާފިޒުކަމުގެ ސަނަދު ޙާޞިލްކުރާ ކޮންމެ ފަރާތަކަށް -/50,000ގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މި ފައިސާ ހަމަޖެއްސުމަށް ނިންމައިފައި ވަނީ، ކެމްޕެއިން ވަޢުދުގައިވާގޮތުގެ މަތީން ކައުންސިލްގެ ރައީސް އަހުމަދު ކަރަމްގެ ފަރާތުން -/25,000ރުފިޔާއާ އެކު ބާކީ ފައިސާ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ދޭގޮތަށް ކަމަށް ތޮއްޑޫ ކައުންސިލުން ވިދާޅުވިއެވެ.

އެ ކައުންސިލުން ވަނީ ހިފްޒު ކުލާހެއް ކުރިއަށް ގެންދިއުމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދައި އެފަރާތާ އެއްބަސްވެވޭ ގޮތެއްގެ މަތީން ކްލާސްތައް ކުރިއަށް ގެންދިއުމަށް ވެސް ފާސްކޮށްފައެވެ.

Advertisement
Allied — Dhen Online (box)

މިގޮތަށް ފާސްކޮށްފައި ވަނީ ތޮއްޑޫ ކައުންސިލްގެ 4ވަނަ ދައުރުގެ 36ވަނަ އާންމު ޖަލްސާގައި ނެގުނު ވޯޓަކުން މެމްބަރުންގެ އިއްތިފާގުންނެވެ.

ރާއްޖޭގައި ކީރިތި ޤުރުޢާން ހިތުދަސްކުރާ ފަރާތްތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ތައްޑޫގައި ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފައިވާ ތިން މީހަކު މިހާރު އެބަތިއްބެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް