ޚަބަރު

އަލިފުށީގެ އެއާޕޯޓް މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

Ads by MWSC

އެމްޓީސީސީން ވިދާޅުވީ އަލިފުށީ އެއާޕޯޓް އެޅުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ މި މަހުގެ 9ވަނަ ދުވަހުގައި ކަމަށެވެ.

އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ޙަވާލުކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެ ކުންފުންޏާ ޙަވާލުކޮށްފައި ވަނީ 451.6 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ.

އެއަރޕޯޓު ތަރައްޤީކުރުމަށާއި އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށް އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއަރޕޯޓު ހެދުމަށް ޚާއްސަކޮށްފައިވާ ބިމެވެ. އަދި އަނެއް 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއަށާއި ގެދޮރުވެރިކަމަށް ބޭނުންކުރުމަށް ހިއްކާ ބިންކަމުގައި ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

1200 މީޓަރުގެ ދިގު ރަންވޭއަކާ އެކު އެއަރޕޯޓަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ޤާއިމުކުރުމަށް ހަމަޖެހިފައިވާ އިރު މިކަމަށް ހިއްކާ ބިން ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމަންޓާއި 480 މީޓަރުގެ ފައިކަށި ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!