Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާޒިމާގެ ދިފާއުގައި ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި

އާޒިމާގެ ދިފާއުގައި ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި
ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ދިފާއުގައި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ދައުލަތުން އާޒިމާގެ މައްޗަށް އުފުލައިފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާއެވެ. އެ މައްސަލަ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނިހާޔަތަށް އާޒިމާ ތަމްސީލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ފާހަގަ ކުރެއްވީ އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅައި ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށް ދިޔައިރު ނިހާޔަތު ހުންނެވީ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ކަމަށް ވުމުން މަސްލަހަތު ފުށުއަރާފާނެކަމެވެ. އަދި މި މައްސަލައިގެ ބްރީފިންގްތަކުގައި ވެސް ނިހާޔަތު ބައިވެރިވެވަޑައިގަތް ކަމަށް ދައުލަތުން ވިދާޅުވިއެވެ. ނަމަވެސް ނިހާޔަތު ވަނީ ދައުލަތުގެ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ޑެޕިއުޓީ ޕީޖީގެ މަގާމުގައި އެހެން މީހަކު ވެސް ހުންނަވާ ކަމަށާއި މައްސަލައިގެ ބްރީފިންގްތަކުގައި ވެސް ބައިވެރިވެ ވަޑައިގަތީ އެބޭފުޅާ ކަމަށެވެ. މި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވެސް ދައުލަތުން ވިދާޅުވީ މައްސަލައިގައި ދައުވާ ކުރުމުގެ އެއްވެސް ކަމެއްގައި ނިހާޔަތު އުޅެފައި ނެތަސް، މައްސަލައިގެ މައުލޫމާތު ލިބިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ވެއްޖެ ނަމަ މަސްލަހަތު ފުށުއަރާނެ ކަމަށެވެ.

އެވާހަކަތަކާ ގުޅިގެން ނިހާޔަތު ވިދާޅުވީ ދައުލަތުން އެގޮތަށް ދެކޭ ނަމަ އެކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ދައުލަތަށް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާކުރުމުގެ މަރުހަލާގައި އޭނާގެ ބައިވެރިވުން އޮތްކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ދެފަރާތުގެ ވާހަކަތަށް އެޑުއެއްސެވުމަށް ފަހު ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، އާޒިމާގެ ވަކީލުކަމުން ނިހާޔަތު ތަނާޒުލްވާނެ ތަނެއް ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް