Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަންމަޓީއަކީ ކުށްވެރިއެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކުން ދައުލަތުގެ ވެރީންގެ މައްޗަށް މަނާކޮށްފި

އަންމަޓީއަކީ ކުށްވެރިއެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކުން ދައުލަތުގެ ވެރީންގެ މައްޗަށް މަނާކޮށްފި

ޚިޔާނާތުގެ ސީރިއަސް ތުހުމަތުތަކެއް އުފުލިފައިވާ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލައާ މެދު ވަކި ގޮތެއް ނިންމަން ދެން އޭނާއަކީ ކުށްވެރިއެއް ކަަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކުން ދައުލަތުގެ ވެރީންގެ މައްޗަށް މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރެފައި މި ވަނީ، އެފަދަ އަމުރެއް ނެރެދިނުމަށް އަންމަޓީގެ ފަރާތުން އެދުމުން އެކަމަށް ޓަކައި މިއަދު އޮތް އަޑުއެހުމުގައެވެ.

އަންމަޓީ ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ ނިންމުމަށް ފާޑުވިދާޅުވެފައެވެ. އަދި ޝަމީމްގެ އަމިއްލަ ބްލޮގްގައި ވެސް އެ މައުލޫއަށް ލިޔުއްވައި، އަންމަޓީ ދޫކޮށްލަން ނިންމި ނިންމުން ގޯސްކަމަށް ސޯޝަލް މީޑިއާގައި ޕީޖީ ޝަމީމް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އެކަމާ ގުޅިގެން އަންމަޓީގެ ފަރާތުން އެދުނީ އެފަދަ ވާހަކަތައް ދެއްކުން ހުއްޓުވައިދިނުމުގެ އަމުރަކަށެވެ. އެ މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށް ފަހު ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ކޯޓުން ނިންމައިފައިވާ ނިންމުމަކާ މެދު ދައްކާ އެފަދަ ވާހަކަތަކަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވިދާނެ ކަމަށާއި ކުށެއް ސާބިތުވުމުގެ ކުރީން އެއްވެސް މީހަކީ ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ކަމަށެވެ.

އަދި އެފަދަ ހައްގުތައް ހިމާޔަތް ކުރުމަކީ ކޯޓުތަކުގެ ޒިންމާއެއް ކަމަށާ އެހެންކަމުން އަންމަޓީ ބަންދުން ދޫކޮށްލި މައްސަލައާ މެދު ވަކި ގޮތެއް ނިންމަން ދެން އޭނާއަކީ ކުށްވެރިއެއް ކަަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކުން ދައުލަތުގެ ވެރީންގެ މައްޗަށް މަނާކުރާކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް