Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލަންކާގައި ތިބި ދިވެހީން ސަމާލުވާން އެމްބަސީން އިލްތިމާސްކޮށްފި

ލަންކާގައި ތިބި ދިވެހީން ސަމާލުވާން އެމްބަސީން އިލްތިމާސްކޮށްފި

އަވަށްޓެރި ޝްރީލަންކާގެ ސަރުކާރާ ދެކޮޅަށް މިހާރު ހިންގަމުންދާ މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ވެސް ހިންގާތީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސް ކޮށްފިއެވެ.

ލަންކާގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، އެ ޤައުމުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ފަށައިފައެވެ. އެގޮތުން ރޭގައި އޮތް މުޒާހަރާ ވެސް ގޯސްވެ، އެ މުޒާހަރާ ކޮންޓްރޯލު ކުރުމުގެ ގޮތުން ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށް، ބަޑިވެސް ޖަހައިފައެވެ. އަދި ބަޑި ޖެހުމުގެ ސަބަބުން އެކަކު މަރުވެ ގިނަ ބަޔަކު ވަނީ ޒަޚަމް ވެސް ވެފައެވެ.

މި ހަމަނުޖެހުންތަކާ ގުޅޭގޮތުން ދިވެހި އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގެ އުސޫލުތަކާ އެއްގޮތަށް އުޅުމަށާއި ބޭރަށް ނިކުންނަ ނަމަ ޕާސްޕޯޓް ގެންގުޅުމަށެވެ. އަދި މުޒާހަރާތަކުގައި ހަމަނުޖެހުން ހިނގާތީ އެފަދަ ކަންކަމުން ރައްކާތެރިވެވޭނެ ގޮތަށް ސަމާލުވެ ތިބުމަށް ގޮވައިލައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް