ޚަބަރު

ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފި ނަމަ ތަރައްޤީ ހަލުވިވެ ލިބޭ ފައިދާ ބޮޑުވާނެ: އިކްރާމް

ރައުފާ ރަޝީދު ، ދެން އޮންލައިން
މެންބަރު އިކްރާމް ހަސަން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފި ނަމަ ޤައުމުގެ ތަރައްޤީ ހަލުވިވެ، ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by MWSC

އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ދިވެހި ބަހަށް ކުރާ އިޙްތިރާމަށް ނިކަމެތިކަން ނާންނަ ގޮތަށް، ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފި ނަމަ، ރާއްޖެ ތަރައްޤީވެގެން އަންނަ ސްޕީޑް މާބޮޑަށް ހަލުވިވެ، ރައްޔިތުންނަށް ކުރާ ފައިދާ ބޮޑުވާނެ ކަމަށެވެ.

މީގެ އިތުރުން އިކްރާމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހިނގަނީ ވަރަށް ބޮޑަށް އިނގިރޭސި ބަހަށް ބަރޯސާވެގެން ކަމަށެވެ.

އިކްރާމް މިފަދައިން ވިދާޅުވީ އިނގިރޭސި ބަހުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ އިނގިރޭސި ބަހަކީ، އެ ބަހުގެ މުއްސަނދި ކަމެއް އެކުލެވިގެންވާ ވިސްނުމާއި ގްލޯބަލައިޒޭޝަން އިތުރަށް ކުރިއެރުވުމަށާއި “ޓޮލަރެންސް” ރަނގަޅު ކުރުމުގައި އިސް ދައުރެއް އަދާކުރާ ބަހެއް ކަމަށެވެ.

Ads by HDC
  1. މުހަންމަދު

    މިކަހަލަ ދެއުޅި އެއްނުވާ މީހުން މިތާ އުޅޭތީ، ހުރިހާކަމެއްމި ގޯހުން ގޯހަށް ދަނީ.

  2. ޢއަހައްމަދު

    ރައްޔިތުން މަޖިލިސް އުވާލާފަ ހުރިހާ އެއްޗެހިން ގެއަށް ފޮނުވާލިއްޔާ ޤައުމަށް މާ ފައިދާވާނެ، މިކަހަލަ ދެއުޅިއެއް ނުވާާ ބޯ ބުރާންތި ރުޑިން ޤާނޫނު ހަދާ މަޖިލީހަށް ހޮވާތީ މިގައުމު ހަލާކު ވަމުން މިދަނީ، ކޮންމެ މީހަަކަށް ދަޢުލަތުން އެތައް ހާސް ރުފިާއެއް ދީފަ ، ތީ ދާްއިރާގެ މީހުންނަށްވެސް ހުރި ހުތުރެއް

  3. އ ޢައުޓު

    ޢެކަލަ އިއްޒައްތެރިކަން ނުލިބިގެން އުޅޭ ކަނޑުކޮސް ދޯ،

  4. މުހައްމަދު

    އެއިރުންތާ ގައުމުގެ ތާރީޚާއި ސަގާފަތާއި އަޚުލާގާއި މިނިވަންކަން އަވަހަށް ނެތިގެންދާނީ. އަހަރެން ހީކުރިން އެތާތިބި ގިނަމީހުންނަށް ވުރެ މީނާގެ ސިކުޑި ރަގަޅުވާނެ ކަމަށް. ާްާްާްާްާްާްާްާްާްާްާްާްާްާްާްާް ގައުމަށް ތަރަށްގީ އަންނާނީ ތިމާދަސްކުރާއެއްޗެއް މާދަރީ ބަހުން ރަގަޅަށް އެހެންމީހުންނަށް ދުލާއި ގަލަމުން ބުނެދޭން އެގިގެން. އަދި މާދަރީ ބަހުން ލިޔެފައިވާ ލިޔުންތަށް ފަހުމްވާވަރަށް ކިޔަން އެގިގެން.

  5. ސަލީމް

    ޢިއްޒަތްނެތް އިއްޒަތްތެރިންނަށް ހެޔޮވިސްނުން ދެއްވާށި!

  6. ސީގަލް އޮން އެއަރ

    ހިތާމަހުރިކަމެއް. ތިމާގެ އުފަންވެ ބޮޑުވި މި ދިވެހި ޤައުމުދެކެ އެއްވެސް ލޯތްބެއް ކުޑަކޮށްވެސް ނެތީބާވައޭ ހިތައްއަރާ.
    ޤައުމަކަށް ލޯތްބެއްނެތް،… ޤައުމު ބޭރުގެބައެއް ބުނިހާގޮތަކަށް ރޭރުވެ ނިމިއްޖެ.
    ދީނާކަށް ލޯތްބެއްނެތް،… އެހެނިހެން ދީން މިފަސްގަނޑަށް ފެރުރޭނެ އެތައްގޮތެއް މިހާރުވެސް ބަލަމުން ތިޔަގެންދަނީ.
    ޔާﷲ މިވެރިންގެކިބައިން އަޅަމެން ސަލާމަތްކުރައްވާންދޭ. މިބައިމީހުންގެ އަތްމަތީގައި މިދިވެހި ޤައުމު މާގިނަދުވަސް އަހަރުތަކަކަށް ދެމިގެން ދާންވެއްޖެ ކަމުގައިވަނީނަމަ އަޅަމެންގެ ދަރީންގެ މުސްތަޤްބަލް މުޅިން ހަލާކުވެ، މިދިވެހި ރާއްޖެ ހަލާކުވެދާނެ. އެހެނިހެން ފަހަރު ފަދައިން މިދީބު އާއިމެދު އެއްވެސް ކުލުނެތްމީހުންގެ އަތްމަތިން ބާރުތައް ނަންގަވައި މި ދިވެހިރާއްޖެ ސަލާމަތް ކުރައްވާފާންދޭ. އާމީން ޔާރައްބަލް އާލަމީން.

  7. ކަޑަ

    ޓަރައްްޤީ އަކީ ބަސް ކުރަަ ކަމެއްތަ؟ ތިވަރުގެ ބޭބޭފުޅުން ޤައުމަށް އޮންނާނީ ކޮނ ލޯތްބެއްތޯ؟
    ޢެނ1މެނުބައިކަމަކީ ޖާހިލް ކަމެވެ.ބުއްދި އިސްކުރައްވާ

  8. އަހުމަދު

    ޢލ އިކުރާމް ގެ ނަން އިގިރޭސިކޮއްލާފަ ހުއްޓާލާ،