ޚަބަރު

އަނީސާގެ ރައްދު އިކްރާމަށް: ހަމަ ބުއްދި ހުރި މީހަކު ތިޔަ ކަހަލަ ވާހަކައެއް ނުދައްކާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފި ނަމަ ޤައުމުގެ ތަރައްޤީ ހަލުވިވެ، ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ދެއްކެވި ވާހަކަފުޅަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަނީސާ އަހުމަދު ރައްދު ދެއްވައިފިއެވެ.

Ads by MWSC

މެންބަރު އިކްރާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ދިވެހި ބަހަށް ކުރާ އިޙްތިރާމަށް ނިކަމެތިކަން ނާންނަ ގޮތަށް، ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފި ނަމަ، ރާއްޖެ ތަރައްޤީވެގެން އަންނަ ސްޕީޑް މާބޮޑަށް ހަލުވިވެ، ރައްޔިތުންނަށް ކުރާ ފައިދާ ބޮޑުވާނެ ކަމަށެވެ.

އަދި، ރާއްޖޭގެ އިޤްތިޞާދު ހިނގަނީ ވަރަށް ބޮޑަށް އިނގިރޭސި ބަހަށް ބަރޯސާވެގެން ކަމަށް ވެސް އިކްރާމް ވިދާޅުވެފައިވެއެވެ.

އިކްރާމްގެ އެ ޓްވީޓަށް ރައްދު ދެއްވަމުން އަނީސާ ވިދާޅުވީ، ދިވެހިންގެ އަސްލު ބަސް އަދި ޒަމާނުއްސުރެ ރާއްޖޭގެ ބަސް ކަމުގައިވާ ދިވެހިބަހުގެ ބަދަލުގައި އިނގިރޭސިބަސް ރަސްމީ ބަހަކަށް ހަމަޖެއްސުމުން ދިވެހި ބަހަށް އިހުތިރާމް ކުޑަ ނުވާނެ ކަމަށް ހަމަ ބުއްދި ހުރި މީހަކު ބުނެފާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ކުރީގެ އިންތިގާލީ އެކްސްކޯ މެންބަރު އަނީސާއަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފުރަތަމަ އަންހެން ނައިބު ރައީސްއެވެ. އެކަމަނާ އެ މަގާމުގައި ހުންނެވީ 2004ވަނަ އަހަރުން ފެށިގެން 2009ވަނަ އަހަރާ ހަމައަށެވެ.

މީގެ އިތުރުން އަނީސާއަކީ އަންހެނުންގެ ޙައްޤުތަށް ހޯދައިދިނުމަށް މަސައްކަތް ކުރެއްވި އެކްޓިވިސްޓެއް ވެސް މެއެވެ.

ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވާސިޓީގައި "ހަމްފްރޭ ފެލޯ"އެއްގެ ގޮތުގައި 1985ވަނަ އަހަރުން 1986ވަނަ އަހަރަށް ތައުލީމު ހާސިލު ކުރެއްވި އަނީސާ މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ވިމެންސް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

އަނީސާ ވަނީ ގެވެށި އަނިޔާގެ މައްސަލަތަށް ސަރުކާރާއި އާންމުންގެ ސަމާލުކަމަށް ގެންނަވައި، ސަރުކާރަށް ޚިދުމަތް ކުރެއްވުމަށް ފަހު "ހޯޕް ފޮ ވިމެން"ގެ ނަމުގައި އެންޖީއޯއެއް ވެސް ހިންގަވައިފައެވެ. އަދި އޭނާ ވަނީ 2012 ވަނަ އަހަރު "އިންޓަނޭޝަނަލް ވިމެން އޮފް ކަރެޖް" އެވޯޑް ވެސް ހާސިލު ކުރައްވައިފައެވެ.

  1. އަލީރަޝީދު

    ތިކަހަލަ ތާކުން ތާކު ނުޖެހޭ މޮޔައިންނަށް ބަސްކިޔަން ލިބުމަކީ ޤަވްމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަން 2008 ގެ ރިޔާސީ އިންތިހާބަށް ފަހު ވަނީ ފެނިގެން ގޮސްފަ

    • ަަށވޔަނި

      ިޔާމީނު ބުނުއްވި ވާހަކަ މައުމޫނު ބުނުއްވިވާހަކަ އަރާހަމަވެ ކައިހުސް ވަނީ އަދިކިރިޔާތަ ލަޤަބްލިބިލެއްވި ކަނބަލުން ދޫފުޅުން ބަސްފުޅެއް ވިދާޅުވެވެނީ

      • އކސވ

        ތިއިކުރާމު ލަދުކޮބާތަ ތިނަމަނިޅީހަށް ހޮވީ އިގިރޭސީންތަ ކަލޯ ކަލެޔާހުރެ މުޅި މުލަކު އަތޮޅު ލަދުންހަލާކު ވެއްޖެ ދެންކަލޭ ނުހޮވާނަން ދިއްގަރު ދާއިރާއިން

  2. ޝައު

    ހިތަށްޢަރަނީ މީނަ މި މަގާމަށް ހޮވާފަ މިވަނީ ހަމަބުއްދި ޖެހޭބައެއް ބާއޭ މީނަ އަށް ގިނަފަހަރަށް ނޭންގޭ މީނަ އަށް ދެއްކޭވާހަކަ

  3. ޢަދުނާނު ތަބައް

    ޢިމްލާއެއް ދިނީމައި އެނގޭނީ،، ޤައޮމާއި މާދަރީބަހަށް ހުރި ޤަދަރު،، މިކަހަލާ ގޮފަޅުންގެ ފެންވަރު! އިނގިރޭސިބަސްވެސް އެހެއްގެ އަދަބިއްޔާތުގައި އޮންނަގޮތަށް ނުދަންނާނެ! ތިމާގެ އަމިއްލަ ބަހުން، އަކުރުން އަމިއްލަ ނަން އަޅަން އެނގުނަސް ސާބަސް!

  4. ޢަބްދުﷲ

    ޥަޒިީރުކަންވެސް ކުރެއްވި

    • ާއަލީ

      އަނީސާ ހެލްތް މިނިސްޓަރ ކަން ކުރެއްވި.

  5. ދީދީ

    ދިވެހިރައްޖޭގައި އިގިރޭސި ބަހުންލިޔެފައި ހުންނަ ލިޔުންތަށް ރަސްމީ ލިޔުންގޮތުގައި ބަލައިގަނެ އޭގެ މައްޗައް އަމަލުކޮށް ކޯޓުތަކުން އެލިޔުންތަކުގެ މައްޗަށް ހުކުމްކޮށް ބައިނަލްއަގުވާމީ ފަރާތްތަކާއިއެކު އިގިރޭސިބަހުން ރަސްމީ މުއާމަލާތް ކުރާތާ އެތައް އަހަރެއްވެއްޖެ.

  6. ބުލްބުލް

    ޢެމްޑީޕީ އަކީ ލާދީނީ ތަންދޮރު ނުވިސްނޭ ވަކަރުގޭ ކުދިންނަށް ވުރެ ހާލު ދެރަ ބައެއް.

  7. މުޖުތާޒު

    ދުއްގަރު ދާއިރާގަ ނޫޅޭނެ ބޮލުރޮދުކަޑައިގެންނުދާ އެއްވެސް މީހަކު ނުހުންނާނެ މުލި، ދިއްގަރު ތިބޭނީ ސެއްވައްތަރެއްގެ ބަޔަކު ބޮލުރޮދި ކެޑިފަތިބޭމީހުން ރައީސްއޮފީހުގަވެސް މައުމޫންގެ ދުވަސްވަރު މުޅުނު މުލީމީހަކު ހަމަ އެކަހަލަމީހަކު އޭނަޔަށްނޭގޭ ކަމެއް އޭނަގެ ބަހުން ނުހުންނާނެ ސަރުކާރުގަވެސް އަގި އަމިއްލަފަރާތްތަކުގަވެސް